ރިސޯޓު ޑިއުޓީ ނިންމާފައި 5 މިނެޓުން ދެވޭ އެތަށް ރަށެއް އެބައޮތް ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިސޯޓުގައި ހުރެފައި ޑިއުޓީ ނިމިގެން 5 މިނެޓުން ދެވޭ އެތައް ރަށެއް އޮންނައިރު އޭގެން ރަށަކަށް ދާން ހުއްދައެއް ނޯންނަ ކަމަށެވެ.
މުވައްޒަފުން ތިބެނީ ޑިއުޓީ ނިމިގެން ސްޓާފް އޭރިއާގައި ބަންދުވެފައި ކަމުގައި ކަމަށާއި ޑިއުޓީ ނިންމާފައި އަނބިދަރިން ކައިރިއަށް ދާން ބޭނުންވިޔަސް ނުދެވޭ ކަމަށް ނިހާދު ވިދާޅުވިއެވެ.
ނިހާދު ވިދާޅުވީ މިއަދު ޑިއުޓީ ނިންމާފައި ރަށަށް ދެވޭނެ ކަމަށާއި ރިސޯޓަކީ ޖަލެއް ނޫން ކަމަށެވެ.
Resort ga hurefa duty nimigen 5 minutes in dhevey ethah rasheh onna iru eygein rashakah dhaan huhdha eh no-ovey! Duty nimigen Staff area ga bandhu vefa! Duty ninmaafa ambi dhareen gaathah rashah dhaan beynun viyas nudhevey! Miadhu duty ninmaafa dheveyne! Resort aky jail eh noon!
— Feydhoo Meehaa (Mohamed Nihad) (@nihad_m) September 9, 2020
ނިހާދު ވިދާޅުވީ މިކަން ތަޖުރިބާ ކޮށްފައި ވާކަމަށާއި ކިހާދުއްފަރުން ޖެހިގެން އޮންނަ ދޮންފަނަށް ދާން ހުއްދަ ނުލިބޭ ކަމަށެވެ. އެއީ އަތުނުގައި ބޮޑު މަނާކަމެއް ކަމަށް ނިހާދު ވިދާޅުވިއެވެ. "އެއްބައި ރޭރޭ އެޗްއޯޑީ އާއި ވަގަށްވެސް ކުދިން ފޮނުވިން. އެއީ ހިފެހެއްޓޭނެ ކަމެއް ކަމަށް އޭރުވެސް ގަބޫކު ނުކުރަން" ނިހާދު ވިދާޅުވިއެވެ.
ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޑިއުޓީ ގަޑި ނިމުމުން ރޭގަނޑު ރަށަށް ދެވޭ ގޮތް ހަދަން ފާސްކޮށް ވަޒީފާއާ ބެހޭ ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ. ވަޒީފާއާއި ބެހޭ ޤާނޫނަށް މިގޮތަށް އިސްލާޙް ހުށައަޅާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ.
"މުވައްޒަފަކު އޭނާ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން އޭނާ މަސައްކަތް ކުރާ ސައިޓުގައި ނުވަތަ ރަށުގައި ނުވަތަ އުޅަނދެއް ފަދަ ތަނެއްގައި ހުރުމަށް ވަޒީފާދޭ ފަރާތުން އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެ އެވެ." ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.
ރިސޯޓް ދޫކޮށް ދިއުމަށް ރިސޯޓްގެ އުޅަނދުފަހަރު ނޫން އުޅަނދުތައް ވެސް ބޭނުންކުރުމުގެ ލިބޭނެ ކަމަށާއި އަދި ވަޒީފާ އަށް އެނބުރި އަންނަން ބޭނުންކުރާ އުޅަނދު ރިސޯޓަށް ވަނުން މެނޭޖްމަންޓަށް މަނާ ނުކުރެވޭނެ ކަމަށްވެސް އެ ބިލުގައި ވަނީ ބުނެފައެވެ.



