އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު | ފޮޓޯ : މަޖިލިސް

އިދިކޮޅު ފަރާތްތަކުންދަނީ މަނީ ލޯންޑަރ ކޮށްގެން މިލިއަނުން ޑޮލަރު ބޭރުކުރަމުން: ޝިފާއު

އިދިކޮޅު ފަރާތްތަކުންދަނީ މަނީ ލޯންޑަރ ކޮށްގެން މިލިއަނުން ޑޮލަރު މިގައުމުން ބޭރުކުރަމުން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށް ޑޮލަރު ތާށިވި ވަގުތު އިދިކޮޅު ފަރާތްތަށް މަނީ ލޯންޑަރ ކޮއްގެން ގައުމުން މިލިޔަނުން ޑޮލަރު ބޭރުކުރަމުން ދާކަމަށެވެ. ވަގުން ވައްކަން ކުރުން ހުއްޓުވުން އަވަސްކުރަންޖެހޭ ކަމަށްވެސް ޝިފާއު ވަނީ ވިދާޅުވެފައެވެ.

ޝިފާއު ވިދާޅުވީ ދިވެހި އިޤުތިސާދު އިނދަ ޖައްސާލުމުގެ ބޭނުމުގަ އިދިކޮޅުފަރާތްތަކުން، ކުރެޑިޓު ކާޑުތަށް ބޭނުންކޮއްގެން ބަގުލަދޭސް މީހުނާއެކު މަނީ ލޯންޑުރީ ހިންގަން ފަށާފައިވާ ކަމަށެވެ. މިކަން ތަހުގީޤުކޮށް ވަގުތުން މިކަން ހުއްޓުވަންޖެހޭ ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އަށް ވެސް ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވާ ކަމަށާއި އާންމުންނަށް ޑޮލަރު ފޯރުކޮށްދިނުމުގައި ކުރިއަށް އޮތްތަނުގައި އިތުރަށް ދަތިވެދާނެ ކަމަށް ބީއެމްއެލް އިން މިދިޔަ މަސް ނިމުނު ކޮޅު ވަނީ ބުނެފައެވެ.

ބޭރުގެ ޓްރާންސްފާ ޕްލެޓްފޯމްތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދެމުންދާ އުސޫލަށް ބަދަލުގެނެސް ބީއެމްއިން އިން ވަނީ "ވިސާ ޑައިރެކްޓް" އާއި "މާސްޓާ ކާޑް ސެންޑް" ފަދަ ބޭރުގެ ޑިޖިޓަލް ވޮލެޓުތަކުން ފޮނުވާ ފައިސާ ޑޮލަރު އެކައުންޓަށް ޖަމާކޮށްދިނުން ހުއްޓާލައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ