ގއ. މަމެންދޫގައި މަގުމަތިވެފައިވާ މުސްކުޅި މީހަކު ބަލައިދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މާމެންދޫ ކައުންސިލްގެ އިދާރާ އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އުމުރުން 80 އަހަރު ވެފައިވާ މާމެންދޫ ދެތަނޑިމާގޭ ޢަލީފުތު ބަލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ ކަމަށެވެ. އަދި މީނާ އަކީ އަޅާލާނެ ފަރާތެއްނެތި މަގުމަތިވެފައިވާ މީހެއް ކަމަށް ވެސް ވިދާޅުވިއެވެ.
މާމެންދޫ ކައުންސިލްގެ އިދާރާ އިން އިތުރަށް ވިދާޅުވީ މިކަންކޮށް ދިނުމަށް އެދޭ ފަރާތްތަކުން 15 ސެޕްޓެންބަރު 2020 ވާ އަންގާރަ ދުވަހުގެ 11:00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދޭ ކަމަށެވެ.




