އެޕަލް ވޮޗް ސީރީސް 6 ދައްކާލައިފި

އެޕަލް ވޮޗް ސީރީސް 6 އެޕަލް ކުންފުނިން ދައްކާލައިފިއެވެ.

އެޕަލް ކުންފުނިން މިހާރު ކުރިއަށް ގެންދާ އެ ކުންފުނީގެ ވާޗުއަލް އިވެންޓު މެދުވެރިކޮށް ދެންމެ ދައްކާލި އެޕަލް ވޮޗް ސީރީސްގެ އެންމެ ފަހު ގަޑީގެ އެންމެ ހާއްސަ ކަމަކީ މި ގަޑި ބޭނުން ކޮށްގެން ލޭގައި އޮކްސިޖަން ހުންނަ ވަރު ދެނެގަނެވޭ ކަމެވެ.

އެޕަލް ވޮޗް ސީރީސް 6 ގެ އަނެއް ހާއްސަ ކަމަކީ ގަޑީގެ ފާސްޓް ކަމެވެ. މިގޮތުން މިގަޑި އެހެން ގަޑިތަކަށްވުރެ 20 އިންސައްތަ ފާސްޓްވާނެ ކަމަށާއި މި ގަޑީގައި ބޭނުން ކޮށްފައިވާނީ އެޕަލް ކުންފުނީގެ އާ ޕުރޮސަސަރ އެސް ސިކްސް ކަމަށްވެސް އެޕަލްއިން މައުލޫމާތު ދެއެވެ.

އެޕަލްއިން މިރޭ އިއުލާންކުރި އާ ގަޑީގެ ޑިސެއިނައް އެއްވެސް ބަދަލެއް ގެނެސްފައި ނުވާއިރު މި ގަޑި މިއަންނަ ހުކުރު ދުވަހުން ފެށިގެން ވިއްކަން ފަށާނެކަން އެޕަލްއިންވަނީ ހާމަކޮށްފައެވެ. އަދި ގަޑީގެ އަގަކީ 399 ޑޮލަރު ކަމަށްވެސް އެޕަލްއިންވަނީ ހާމަކޮށްފައެވެ.

އެޕަލް ވޮޗް ސީރީސް 6 ގެ އާ ފީޗާތައް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ