ކޮވިޑް-19 އާ ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނާއި ސިފައިންނަށް ފްރޮންޓްލައިން އެލަވަންސް ދީފިއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ދެވޭ ފްރޮންޓްލައިން އެލަވެންސްގެ ގޮތުގައި އެމްއެންޑީއެފް އާއި ފުލުހުންގެ 6518 މީހަކަށް އެލަވެންސް ދީފައިވާ ކަމަށާއި އަދި މި މީހުންނަށް ދޫކުރި ފައިސާގެ އަދަދު 44.5 މިލިއަނަށް އަރާނެ ކަމަށެވެ.
އެއާއެކު ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް އެލަވަންސްގެ ގޮތުގައި މިހާތަނަށް ދޫކުރި ފައިސާގެ އަދަދު މިވަނީ 78 މިލިއަން ރުފިޔާއަށް އަރާފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރީސަފުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމީ އޭޕްރީލް މަހު އެވެ. އެ އެލަވަންސް ދެމުންދަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ.



