ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ހާޟިރުކުރަން ބޭނުންވާ މީހަކު ހޯދުމަށް ފުލިހުން އެމީހާގެ މަޢުލޫމާތު އާންމުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އޭނާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ފުލުހުން ވަނީ ހާޟިރު ކުރަން ބޭނުންވާ މީހާގެ މަޢުލާމާތުވެސް އާންމުކޮށްފައެވެ. އެގޮތުން ފުލުހުންގެ ތަހުގީގަށް ހާޟިރުކުރަން ބޭނުންވެގެން ހޯދަމުންދަނީ ނ. މިލަދޫ، ކާރނޭޝަންމާގެ، އަބޫބަކުރު ފާރިޢު (23އ) އެވެ.
ފުލުހުން ވިދާޅުވީ މި މީހާ ހާޟިރުކުރަނީ ވައްކަމުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ކަމަށެވެ.
މި މީހާ 2020 ސެޕްޓެމްބަރ 27 ވަނަ ދުވަހުގެ 14:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއަށް ހާޒިރުވުމަށް ފުލުހުންވަނީ އިޢުލާން ކުރައްވާފައެވެ.




