ފުލުހުންގެ ތަހުޤީގު ކުރަމުންދާ މައްސަލަ އަކަށް ތ. ތިމަރަފުށި މީހަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށެވެ.
ފުލުހުން ހޯދަމުން ދަނީ، އުމުރުން 59 އަހަރުގެ ތ. ތިމަރަފުށި، އަސަރީގެ، ޙަސަން ނިޒާރެވެ. ފުލުހުން ވިދާޅުވީ، ޙަސަން ނިޒާރު ހޯދަމުންދަނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.
2020 އޮކްޓޯބަރު 3 ވަނަ ދުވަހުގެ 10:00 އަށް ޙަސަން ނިޒާރު ތ.ތިމަރަފުށި ޕޮލިސް ސްޓޭޝަނަށް ހާޒިރު ވުމަށް އެދިވަޑައިގަތެވެ.



