މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ދެމުންގެންދާ ހިދުމަތްތަކަށް ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލައިފިއެވެ.
ކަސްޓަމްސް އިން ވިދާޅުވީ، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ހިދުމަތްތައް ކުރިއަރުވައި، ރާއްޖޭގެ އިޤްތިސާދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން، ދައުލަތުގެ އޮފީސްތަކުން ފައިސާ ބަލައިގަތުމުގައި ޑިޖިޓަލް / އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް ވަނީ މިނިސްޓްރީ އޮފް ފިނޭންސް އިން އަންގަވާފައި ކަމަށެވެ.
އެހެންކަމުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ދައްކާ ޑިއުޓީ އާއި އެހެނިހެން ފައިސާ 01 އޮކްޓޯބަރު 2020 ވަނަ ދުވަހުން ފެށިގެން ބަލައިގަންނަމުން ގެންދާނީ ކަސްޓަމްސް ޕޯޓަލް ، ކަސްޓަމްސް ޕޭ ނުވަތަ އެމް.އާރު.ޓީ.ޖީ.އެސް މެދުވެރިކޮށް ކަމަށެވެ.
އަދި ޕޯޓަލް މެދުވެރިކޮށް ދައްކަވާ ފައިސާގެ ރަސީދު ކަސްޓަމްސް ޕޯޓަލް އިން ފެންނަންހުންނާނެ ކަމަށާއި އެމް.އާރު.ޓީ.ޖީ.އެސް ހެދުމަށް އެދޭ ކަސްޓަމްސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
?Effective from 1st October, we will be accepting payments only via;
?Customs Portal
?Customs Pay
?M.R.T.G.S
?Prepayment AccountNotice (Dhivehi): https://t.co/ytdqD9Zo9W
Notice (English): https://t.co/5mOTNWwCmp pic.twitter.com/o89JVK0UE3— Maldives Customs (@CustomsMv) September 30, 2020
މިގޮތަށް ހަމަޖެހުމުން ކޮވިޑް-19 އާއިގުޅިގެން ފައިސާ ދެއްކުމަށް ބޭނުންކުރަމުންގެންދިޔަ ބޭންކް ޓްރާންސްފަރގެ ޚިދުމަތް 04 އޮކްޓޯބަރު 2020 ވަނަ ދުވަހުން ފެށިގެން ބޭނުންކުރުން ހުއްޓާލެވޭނެ ކަމަށްވެސް ކަސްޓަމްސް އިން ވިދާލުވިއެވެ.



