މީޑިއާތައް ގުޅިގެން "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ސަން އޮންލައިން

"ކޮވިޑް ހުއްޓުވާނީ އަހަރެން - ރައްޔިތުންގެ ކެންޕެއިން" ގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށްފި

ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ދަށުން "ކޮވިޑް ހުއްޓުވާނީ އަހަރެން - ރައްޔިތުންގެ ކެމްޕެއިން" ގެ ނަމުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް، ހުޅުވާލި ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އޮކްޓޯބަރު 10 ވާ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 ކާއިހަމައަށް އިތުރު ކޮށްފީއެވެ.

އަގުހުރި ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބަރާތުގައި ވީޑިއޯއާއި ފޮޓޯ ތައްޔާރު ކޮށް ފޮނުވަން ޖެހޭނީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭނާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުވާނެ ހިޔާލެއް، މެސެޖެއް ދެވޭ ވީޑިއޯއާއި ފޮޓޯއެވެ.

ވީޑިއޯ އަދި ފޮޓޯ މުބާރާތުން ކުރެ ކޮންމެ މުބާރާތަކުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ. ވަނަތައް ހޮވާނީ މުބާރާތް ނިމޭ އިރު އެންމެ ގިނަ ލައިކް އާއި ޝެއާ ލިބޭ ފޮޓޯ އާއި ވީޑިއޯ އަށެވެ.

ވީޑިއޯ މުބާރާތް: ވީޑިއޯ މުބާރާތުގައި ބައިވެރިކުރާ ވީޑިއޯއެއްގެ ދިގުމިން 30 ސިކުންތަށް ވުރެ ދިގުވެގެން ނުވާނެއެވެ. ވީޑިއޯގައި އޯޑިއޯ ވޮއިސް، ބެކްމިއުޒިކް ހިމަނާނަމަ، ހިމަނަންވާނީ ސާފުކޮށް އަޑުއަހަން ފަސޭހަ ވާނެ ގޮތަކަށެވެ. އަދި ހުރިހާ ވީޑިއޯއެއް ހުންނަން ވާނީ، mp4 ފޯމެޓްގައެވެ.

އިނާމުގެ ގޮތުގައި 1 ވަނަ ވީޑިއޯ އަށް 15،000 ރުފިޔާ، 2 ވަނަ ވީޑިއޯ އަށް 10،000ރުފިޔާ އަދި 3 ވަނަ ވީޑިއޯ އަށް 7،000ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

ފޮޓޯ މުބާރާތް: ފޮޓޯ މުބާރާތުގައި ހިމަނާ ފޮޓޯތަކުގައި، ތީމް އާ ގުޅޭ ގޮތުން ދޭ މެސެޖް، އަސަރު ސާފުވާން ވާނެއެވެ. ފޮޓޯތައް ހުންނަންވާނީ، JPG, JPEG or PNG ފޯމެޓްގައެވެ.

އިނާމުގެ ގޮތުގައި 1 ވަނަ ފޮޓޯ އަށް 10،000 ރުފިޔާ، 2 ވަނަ ފޮޓޯއަށް 5،000 ރުފިޔާ އަދި 3 ވަނަ ފޮޓޯ އަށް 3،000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރި ކުރާ ތަކެތި މިމަހުގެ 10 ވާ ހޮނިހިރު ދުވަހުގެ އިރު އޮއްސި 6:00 އަށް ފޮނުވަން ވާނެއެވެ. ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރި ކުރާ ތަކެތި ފޮނުވާނީ 7231002 ޓެލެގްރާމް ނަންބަރަށެވެ.

މުބާރާތުގައި ބައިވެރި ކުރާ ތަކެތި، އަންނަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު، މި ކެމްޕޭނުގެ ފޭސްކްބް ޕޭޖުގައި ޕޯސްޓްކޮށް ޝެއާ ކުރުމަށާއި ލައިކްސް ހޯދުމަށް އާންމުކޮށް ހުޅުވާލާނެއެވެ. މި މުބާރާތުގެ ދަށުން ޕޯސްޓު ކުރާ ވީޑިއޯ އަދި ފޮޓޯ ޝެއާކޮށް ލައިކް ހޯދުމަށް ހުޅުވާލައި ފުރުސަތު ބަންދުވާނީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖަހާއިރުއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރާނެ ދުވަހާއި ވަގުތު އެ ދުވަހު އިއުލާން ކުރެވޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ