ދަރަނބޫދުގައި މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި: ފޮޓޯ- ޕޮލިސް

ނިލަންދޫ ޕޮލިސް ސްޓޭޝަނުން ދަރަނބޫދުގައި މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފ. ދަރަނބޫދޫގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގައިފިއެވެ.

މި އޮކްޓޯބަރު މަހުގެ 01 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ، މި ދުވަސްވަރު ހިންގާފާނެ ކަމަށް ބެލެވޭ ކުށްތައް ވިޔަފާރިކުރާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އެ ފަދަ ކުށްތައް ހިންގިޔަ ނުދިނުމަށްޓަކައި ކުރެވެންހުރި ކަންކަމަށް ހޭލުންތެރިކުރުމާއި ވިޔަފާރިވެރިން ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޮތުން މި ޕްރޮގްރާމްގައި، ވައްކަންކުރާ ފަރާތްތަކަށް ފުރުސަތު ނުދިނުމަށް ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރު ބަލައި އިތުރަށް ރަނގަޅު ކުރަންހުރި ކަންކަން ފާހަގަކޮށް އެކަންކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ބުނެދީފައިވާނެ ކަމަށާއި އަދި ފިހާރަތައް ބަންދުކޮށްފައި ދާއިރު ފިހާރައިގައި ކޮންމެވެސް ވަރަކަށް އަލިކަން ބެހެއްޓުމާއި ފިހާރައިގައި ފައިސާ ނުބެހެއްޓުމަށް އިރުޝާދު ދީފައިވާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ އެ ރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބަލާފައިވާނެކަމަށާއި، އުޅަނދުގެ އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައްވެސް ބަލާފައިވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ