އިންނަމާދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ރ. އިންނަމާދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި އެވެ.

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބައިވަރު ސަބަބުތަކާއިހެދި ލަސްވެގެންދިޔަ ރ. އިންނަމާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް މިހާރު ނިންމާލެވިފައި ވާކަމަށެވެ.

މަޙްލޫފު ވިދާޅުވީ އެކިއެކި ސަބަބުތަކާއިހެދި އިންނަމާދޫ ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް އުއްމީދުކުރި ވަރަށްވުރެ ގިނަ ދުވަސް ވެގެން ދިޔަ ކަމަށެވެ. މަސައްކަތް ލަސްވިކަމަށްޓަކައި މަހްލޫފުވަނީ މާފަށް އެދިލައްވާފައެވެ.

އަދި މި މަސައްކަތުގައި އިންނަމާދޫ ޒުވާނުންނާއި އެރަށު ކައުންސިލް އަަދި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު (ހަސަންޓޭ) ގެ ފަރާތުން ލިބުނު އެހީތެރިކަމަށްޓަކައި މަޙްލޫފު ވަނީ ޝުކުރު ދަންނަވާފައެވެ.

މިސަރުކާރުން ގެންދަނީ ފުޓްސަލް ދަނޑުތަކުގެ އިތުރުން އެކި ރަށްތަކުގައި ފުޓްބޯޅަ ދަނޑުތައްވެސް ތަރައްޤީ ކުރަމުންނެވެ. ހާއްސަކޮށް ޒުވާނުންނާއި ކުޅިވަރަށް ގެންދަވަނީ ބޮޑު ހޭދައެއް ކުރައްވަމުން ނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ