ފުލުހުންގެ ޤާނޫނާއިއެކު އިތުބާރުކުރެވޭ ފުލުސް އޮފީހެއް ޤާއިމްކުރެވޭނެ: ސިރާޖު

ފުލުހުންގެ ޤާނޫނާއިއެކު އިތުބާރުކުރެވޭ ފުލުސް އޮފީހެއް ޤާއިމްކުރެވިގެން ދާނެ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެޓީވީން ގެނަސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ސިރާޖު ވިދާޅުވީ ފުލުހުންގެ ޤާނޫނެއް އެބަ އަންނަކަމަށާއި ފުލުހުންގެ ޤާނޫނާއިއެކު ރައްޔިތުން އެދޭގޮތަށް އިތުބާރުކުރެވޭ ފުލުސް އޮފީހެއް ޤާއިމްކުރެވިގެން ދާނެ ކަމަށެވެ.

ސިރާޖު ވިދާޅުވީ މި ދައުރު ނިމިގެންދާއިރު ހިޔާނާތުގެ މައްސަލަތައް ބަލާ ނިންމާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށާއި އެމްޑީޕީގެ ސްޕަރ މެޖޯރިޓީގައި މުއައްސަސާތަކުން ކުރަން ޖެހޭ ކަންކަން ނުކުރާނަމަ ޖަވާބު ދާރީކޮށް، ވަކިކުރަން ޖެހޭ ފަރާތެއް ހުރިނަމަ ވަކި ކުރައްވާނެ ކަމަށެވެ.

ހެއްކާއި ބެހޭ ޤާނޫނެއް އަންނާނެ ކަމަށާއި އެޤާނޫނުގެ ސަބަބުން ފުލުހުންނަށްވެސް މައްސަލަތައް ތަޙްޤީގު ކުރައްވަން ފަސޭހަވެގެން ދާނެ ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިހާރު ތިއްބެވީ މިހާރުގެ ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރައްވާފައިވާ މެންބަރުން ކަމަށާއި އޭސީސީގެ މަސައްކަތުގެ ސްޕީޑާއި ދޭތެރޭ މިހާރުވެސް ހިތްހަމަ ނުޖެހިގެން މިހާރު ޝަކުވާ ކުރަންފަށައި އޭސީސީ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާކަމަށް ސިރާޖު ވިދާޅުވިއެވެ.

އޭސީސީގެ މެންބަރުން ޖާވާބުދާރީކޮށް މިހާރު ތިއްބެވި މެންބަރުންނަށް މަސައްކަތް ނުކުރެވޭ ކަމަށްވާނަމަ އެފަރާތްތައް ވަކިކޮށް، އަލުން މެންބަރުން އައްޔަންކޮށްގެންވެސް ހިޔާނާތްތެރިވެފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ސިރާޖު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ