ދިވެހިންނަށް ދެ ފިކުރުގެ ތަފާތު ސާފުވެއްޖެކަމަށާއި، ވެރިކަން ނިމޭއިރު ދިވެހިންގެ ހާލަތު މިއިން ދުވަހަކު ދަށަށް ނުދާވަރަށް ދަށަށް ގޮސް، އެތައްބަޔަކު ހާލުގައި ޖެހޭނެކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ލައްކަ ދުވަހު އުޒުރު ދެއްކިއްޖެ ކަމަށާއި، ދިވެހިންނަށް ދެ ފިކުރުގެ ތަފާތު ސާފުވެއްޖެކަމަށެވެ. އަދި ވެރިކަން ލިބޭ ކޮންމެ ފަހަރަކު އުޅޭ ގޮތުން މިނިވަންކަން ގެއްލި ދަރަނި ބޮޑުވެ ދިރިއުޅުން ވޭނަކަށް ވާކަމުގައިވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.
ޓްވީޓްގައި ޖަމީލް އިޝާރާތް ކުރައްވާފައި ވަނީ މިހާރުގެ ސަރުކާރަށް ނުވަތަ އެމްޑީޕީއަށެވެ.
ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ވޯލްޑް ބޭންކް އިން ވަނީ ރާއްޖޭގެ ދަރަނި ބޮޑުވެ ދަރަނީގެ ނުރައްކާ ކުޑަކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތައް ފަސްކުރަންޖެހޭކަމަށް ވޯލްޑް ބޭންކް އިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ދަޢުލަތަށް އާންމްދަނީގެ ގޮތުގައި އޮކްޓޫބަރު މަހުގެ ނިޔަލަށް 10 ބިލިއަން ރުފިޔާ ލިބުނު އިރު 19 ބިލިއަން ޚަރަދު ކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް ޢަމީރު ވަނީ ވިދާޅުވެފައެވެ.
"ދިވެހިންނަށް ރަނގަޅީ ބުރިޖްއަޅާ ތަރަށްޤީކޮށް، ބައެއްގެ ފައިބުޑަށް ނުވެއްޓުން" ޖަމީލް ވިދާޅުވެފައިވެއެވެ.
ޖަމީލް އިތުރަށް ވިދާޅުވެފައި ވަނީ ނަމަވެސް ވެރިކަމުގައި ތިބީ ކޮންމެ ގޮތެއް ވަރިހަމަ ބައެއް ކަމަށާއި، މި ވެރިކަން ނިމޭއިރު ދިވެހިންގެ ހާލަތު މިއިން ދުވަހަކު ދަށަށް ނުދާވަރަށް ދަށަށް ގޮސް، އެތައްބަޔަކު ހާލުގައި ޖެހޭނެކަމަށެވެ.
ނަމަވެސް އިރާދަކުރެއްވިއްޔާ ހާލަތު ބަދަލުކުރެވޭނެކަމަށް ވިދާޅުވެ ޖަމީލް ވިދާޅުވެފައި ވަނީ އޭ ރައްޔިތުންގެ ބާރުކަމަށާއި، ވަކިބަޔަކަށް ފަރުދަކަށްވުރެ ޤައުމު ބޮޑުވާނެކަމަށެވެ.