ހުޅުމާލެ ޖަލު އާންމު ހާލަތަށް ގެނަސްފި

ހުޅުމާލެ ޖަލު އާންމު ހާލަތަށް ގެނަސްފި އެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހުޅުމާލޭ ޖަލުން ކޮވިޑަށް ޕޮޒިޓިވްވި ގައިދީނާއި ބަންދު މީހުންވަނީ ބަލިން ރަނގަޅުވެފައި ކަމަށާއި ޖަލުގައި އޮތް ކަރަންޓީނު މުއްދަތު ނިމުމަކަށް އައުމުން ޖަލުވަނީ އާންމު ހާލަތައް މިއަދުން ފެށިގެން ގެނެވިފައި ކަމަށެވެ.

މިހާލަތުން އަރައިގަތުމަށް މަސައްކަތްކޮށް ދެއްވި އޮފިސަރުންނަށާއި އެންމެ ފަރާތްތަކަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވަނީ ޝުކުރުދަންނަވާފަ އެވެ.

ހުޅުމާލެ ޖަލުން ބައެއް އޮފިޝަރުންނާއި ބަންދު މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެގޮތުން މިދިޔަ މަހު ފެށުނު އިރު އެޖަލުން ބަނދު މީހުންނާއި އޮފިޝަރުންގެ ތެރެއިން 16 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ