ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.
ފުލުހުންކުރި މި އިއުލާނުގައި ބުނެފައިވަނީ، ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ސ.ހިތަދޫ، އޯކިޑްވިލާ، މޫސާދީދީ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
އުމުރުން 51 އަހަރުގެ މޫސާދީދީ ފުލުހުން ހޯދަމުންދަނީ، މަކަރާއިހީލަތް ހަދާފައިވާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށްވެސް ފުލުހުންކުރި އިއުލާނުގައި ބުނެފައި ވެއެވެ.
މިގޮތުން މޫސާދީދީ މިމަހުގެ 18 ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، އަށް ހާޒިރުޗުމަށް އިއުލާނުގައި ބުނެފައި ވެއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހިތަދޫ މީހަކު ހޯދަނީ



