ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް 100 އަދި 55 އިންޗީގެ ޓީވީ ހޯދަނީ

ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް 100 އަދި 55 އިންޗީގެ ޓީވީ ހޯދަން އިޢުލާންކޮށްފިއެވެ.

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، އެއިދާރާއަށް 100އިންޗީގެ 2 ޓީވީ އާއި 55އިންޗީގެ 3 ޓީވީ ހޯދަން ބޭނުންވާކަމަށެވެ. އަދި މިތަކެތި ފޯރުކޮށްދޭނެ ފަރާތްތަކުން މަސައްކަތުގެ މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށްވެސް އެކައުންސިލުންވަނީ އެދިފައެވެ.

އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 20 އޮކްޓޯބަރ 2020 (އަންގާރަ) ދުވަހުން ފެށިގެން 28 އޮކްޓޯބަރ 2020 (ބުދަ) ދުވަހާއި ދެމެދު އެއިދާރާގެ ނަމްބަރ 6528831 އަށް ގުޅާ ނަންނޯޓުކުރުމަށް އެދިފައިވާއިރު، މަސައްކަތުގެ މަޢުލޫމާތު ދިނުން 02 ނޮވެމްބަރ 2020 ވާ (ހޯމަ) ދުވަހުގެ 13:00 ގައި އޮންނާނެކަމަށްވެސް ބުންޏެވެ.

އަދި އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ 10 ނޮވެމްބަރ 2020 ވާ (އަންގާރަ) ދުވަހުގެ 13:00 ގައެވެ.

މީގެއިތުރުން މަޢުލޫމާތު ދިނުން އޮންލައިކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށްބައިވެރިނުވެވޭނެ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ގަޑީގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދެވޭނެކަމަށާއި، މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައިކަމަށްވެސް އެކައުންސިލްގެ އިޢުލާނުގައިވެއެވެ.

މިއިޢުލާނުގައި ވާގޮތުން މައުލޫމާތު ފޯރުކޮށްދެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނައިރު، ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބުކަމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް މިއިޢުލާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ