ތޫނުހަތިޔާރާއެކު އަރައި މަސްދޯންޏެއް ހައިޖެކް ކުރި މައްސަލައިގައި އިތުރު 5 މީހުން ޙައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ޙައްޔަރުކުރެވިފައިވާ ފަސް މީހުންނަކީވެސް ހުސް ދިވެހިންކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން 21 އަހަރުގެ މީހަކާއި އުމުރުން 22 އަހަރުގެ ދެމީހުން އިތުރުން 33 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއްކަމަށްވެސް ފުލުހުން ބުންޏެވެ.
ލ. ގަމު “ވަޑިނޮޅު” ކައިރީ އެންދަމަން ދިއްލައިގެން އޮއްވާ ގުރޫޕަކުން އެދޯނި ހައިޖެކްކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ރެޔެވެ. އަދި މިމައްސަލާގައި ކުރިން ތިން މީހަކު ޙައްޔަރުކޮށްފައިވާ ފުލުހުން ބުންޏެވެ. އަދި އެ ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަޙުޤީޤު ކުރަމުންނެވެ. އަދި މީގެއިތުރުން 22 މީހުންނާއެކު މަސްވެރިކަމަށް ނިކުމެ އުޅުނު އައްޑޫ ސީޓީ “ފަސްކުރި” ދޯނި ހައިޖެކްކޮށް، ފޭރެން މަސައްކަތްކުރި މައްސަލަ ފުލުހުންދަނީ ތަޙުޤީޤު ކުރަމުންނެވެ.
މަސްދޯނި ހައިޖެކް ކުރި މައްސަލައިގައި 3 މީހުން ހައްޔަރުކޮށްފި



