ސީޕީ ހަމީދު | ފޮޓޯ: މިހާރު

ފުލުހުން ދެން ވެރިކަން ވައްޓައެއް ނުލާނެ: ސީޕީ ހަމީދު

2012 ވަނަ އަހަރުގެ ފެބަރުއަރީ 7 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމަށް، އިދިކޮޅު ފަރާތްތަކާއި އޭރުގެ ސަލާމަތީ ބާރު ގުޅިގެން ނިކުމެ ހިންގި ވެރިކަން ވައްޓާލިއިރު، އެފަދަ ކަމެއް ކުރިއަށް އޮތްތާގައި ތަކުރާރު ނުވާނެކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިފަދައިން ވިދާޅުވީ، ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ހަމީދު ވިދާޅުވީ، އެ ދުވަހު ހިންގާދިޔަ ކަންތައްތަކުން ވަރަށް ބޮޑު އިބްރަތެއް ލިބިގެން ހިނގައްޖެކަމަށާއި، އަދި އެފަދ ކަމެއް ފުލުހުންގެ ކިބައިން ތަކުރާރު ނުވާނެކަމުގެ ޔަޤީންކަންދޭކަމަށެވެ.

ފުލުހުންގެ މުއައްސަސާގައި މިއަދު ތިބި ފަރާތްތައް ވެސް އަދި ކުރިޔަށް ފުލުހުންގެ މުއައްސަސާ އަށް ގުޅޭނެ ފަރާތްތައް ވެސް އެފަދަ ކަމެ ތަކުރާރު ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

7 ފެބްރުއަރީގައި ހިނގާދިޔަ ފަދަ ކަމުން ފުލުހުންގެ ފަރާތުން ތަކުރާރުނުވާނެކަމުގެ ޔަޤީންކަން ދެއްވަމުން ހަމީދު އިތުރަށް ވިދާޅުވީ، މިހާރުގެ ފުލުހުންގެ މުއައްސަސާ އިން ނިކުންނާނީ އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަށް ކަންކަން ޕްލޭންކޮށްގެން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ