ކުލިން އާމްދަނީ ލިބޭ އާންމު ފަރުދުންނަށް ދޫކުރާ ލައިފްސްޓައިލް ފައިނޭންސިންއަށް ބީއެލްއެލް އިސްލާމިކް އިން ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.
ބީއެމްއެލް އިން ވިދާޅުވީ، އެ ފެސިލިޓީއަކީ ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭގޮތުގެ މަތިން މުރާބަހާ، މުޝާރަކާ، ވަކާލާ އަދި އިޖާރާގެ ދަށުން އެކުލަވާލެވިފައިވާ ފެސިލިޓީއެއް ކަމަށެވެ. އަދި އެބަދަލާއެކު، ބީއެމްއެލް ލައިފްސްޓައިލް ފައިނޭންސިން އެއްވެސް ރަހުނަކާ ނުލާ 15 ޕަސެންޓްގެ ރޭޓުގައި 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ދޫކުރެވޭނެ އެވެ. އަދި 300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސިން ބޭނުންވާ ފަރާތްތަކަށް ރަހުނާއެކު 12 ޕަސެންޓަށް ކުޑަކުރެވިފައިވާ ރޭޓެއްގައި ފައިނޭންސް ލިބޭނެ ކަމަށް އެ ބޭންކުން ވިދާޅުވިއެވެ.
ބީއެމްއެލްގެ ޑިރެކްޓަރ އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުޙައްމަދު ވިދާޅުވީ ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަކަށް ހާއްސަކޮށް ދޫކުރާ އެ ފެސިލިޓީއަށް ހެޔޮ ބަދަލެއް ގެނައުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
Positive changes have been brought to our Lifestyle Financing with reduced rates to offer better value to our personal customers.
More details: https://t.co/B5AavhJRkR pic.twitter.com/kxPSFgdUu3
— Bank of Maldives (@bankofmaldives) December 21, 2020
"އަޅުގަނޑުމެން މިދަނީ ބީއެމްއެލް އިސްލާމިކްގެ ޕޯޓްފޯލިއޯ ރަނގަޅުކޮށް އަދި ޝަރުއީ ހަމަތަކާ އެއްގޮތްވާ ފެސިލިޓީ ބޭނުންވާ ކަސްޓަމަރުން އިތުުރުވަމުންދިޔުމާއެކު، އެންމެ ރަނގަޅު ގޮތްތައް ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން،" އޭނާ ވިދާޅުވިއެވެ.
ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންއާ ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ.
								
											


														
														
														
														
														
														
								
ހިޔާލު
Haraam bai dhookollaaka nuveytha? Haram kan qaboolukoggen thineme ekannuhuttaa kuriyah gendhany konbeynumaku.