ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރަކަށް ދުވާލަކު ނަގުދު ފައިސާގެ ގޮތުގައި ނެގޭ އަދަދު 200،000 އަށް މަދު ކުރުމަށް ނިންމައިފިއެވެ.
އެ ބޭންކް އިން ވިދާޅުވި ގޮތުގައި މި ގޮތަށް ނިންމާފައި ވަނީމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންގުމާއި އެއްގޮތަށް އިލެކްޓްރޯނިކް ފައިސާގެ މުޢާމަލާތްތައް އިތުރު ކުރުމަށާއި ނަގުދު ފައިސާ ގެންގުޅުން މަދު ކުރުމުގެ ބޭނުމުގައެވެ.
އެގޮތުން 31 ޑިސެންބަރު 2020 އިން ފެށިގެން ދުވާލެއްގެ މައްޗަށް ކުރާ ހުރިހާ މުޢާމަލާތެއް ހިމެނޭހެން، ކަސްޓަމަރަކަށް ނަގުދު ފައިސާގެ ގޮތުގައި ގިނަވެގެން ނެގޭނީ 200،000 (ދެލައްކަ ރުފިޔާ) ކަމުގައި އެ ބޭންކް އިން ވަނީ ވިދާޅުވެފައެވެ.
ބީއެމްއެެލް އިން މީގެ ކުރިންވެސް ވަނީ ނަގުދު ފައިސާ ގެންގުޅުމުގެ ބަދަލުގައި އޮންލައިންކޮށް ޓްރާންސެކްޝަންތައް ހެދުމަށް ބާރުއަޅާ ބައެއް ފިޔަވަޅުތައް އަޅުއްވާފައެވެ.
								
											


														
														
														
														
														
														