ބީއެމްއެލް އިސްލާމިކް އިން ގްރީން ފައިނޭންސިންގ ތައާރަފްކޮށްފި

އާންމު ފަރުދުންނާއި ވިޔަފާރިތަކުން އިޔާދަކުރަނިވި ހަކަތަ އަށް އަމާޒުކޮށްގެން ހިންގާ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް އިން ގްރީން ފައިނޭންސިންގ ތައާރަފްކޮށްފިއެވެ.

މި ގޮތުން ޝަރުތު ހަމަވާ ކަސްޓަމަރުންނަށް 20 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ލިބޭނެއެވެ. އަދި އެއްވެސް ރަހުނަކާ ނުލައި 5 ލައްކަ ރުފިޔާއާއި ހަމައަށް މިލޯނު ލިބޭނެ ކަމަށްވެސް ބީއެމްއެލް އިން ވިދާޅުވިއެވެ.

ބީއެމްއެލް އިން ވިދާޅުވީ، 5 ލައްކަ ރުފިޔާއިން ދަށުގެ މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށާއި 5 ލައްކަ ރުފިޔާއިން މަތީގެ ލޯނަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، އަދި ހަމައެހެންމެ ރަހުނަކާ ނުލައި ގްރީން ލޯން ދޫކުރެވޭ ގޮތަށް މި ގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ އެވެ. އަދި މި ގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ މާކެޓުގައި ހިމެނޭ ވިޔަފާރިތަކަށްވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށްވެސް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ