މިއަދު މެންދަރު ކ.މާފުށީ ކައިރީގައި އޮތް "އޯޝެން ޑިވައިން" ކިޔާ ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަކު ފިހިއްޖެއެވެ.
އެގޮތުން އެ އަލިފާނުގެ ހާދިސާގައި ފިހިފައިވަނީ އެ ސަފާރީގެ ވެރިޔާއެވެ. އޭނާ ވަނީ މިހާރު ފަރުވާ ދިނުމަށް މާފުއްޓަށް ގެންގޮސްފައެވެ. ހާދިސާގައި ފިހިފައިވަނީ ބިދޭސީއެކެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް އިން ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މެންދުރު 13:24 ހާއިރު ކަމަށާއި، 14:17 ހާއިރު ފަޔަރ އެންޑް ރެސްކިއުގެ ލޯންޗް ސަފާރީ އޮތް ސަރަހައްދަށް ގޮސް އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
އަލިފާން ރޯވީ ސަފާރީގެ އިންޖީނު ކޮޓަރީގައި ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އެ ސާފަަރީގައި އަލިފާން ރޯވިއިރު ތިބީ، 13 ގެސްޓުންނާއި 5 ފަޅުވެރިން ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.




