އިންޑިއާގެ އެހީގައި ރާއްޖެއަށް މިއަދު ކޮވިޑް ވެކްސިން ގެނެސްފިއެވެ.
މި ވެކްސިން ރާއްޖެ ގެނެސްފައިވަނީ އެއާ އިންޑިއާގެ ހާއްސަ މަތިންދާބޯޓެއްގައި މިއަދު 14:40 ހާއިރުއެވެ.
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރަނީ ކޮވިިޑް-19 އިން ރައްކާތެރިވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްްޓްރާޒެނަކާއިން ތައްޔާރުކޮށްފައިވާ (ކޮވިޝީލްޑް) ވެކްސިންގެ 100،000 ޑޯޒްއެވެ.
ކޮވިޝީލްޑް ވެކްސިން އުފައްދާ މައި ކާރުޚާނާ ހުންނަނީ އިންޑިއާގަ އެވެ. މުޅި ދުނިޔޭގެ ވެކްސިން ސަޕްލައިގެ 60 ޕަސެންޓް އުފައްދާ ގައުމަކީވެސް އިންޑިއާކަން ފާހަގަ ކޮށްލެވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމަށް ވެކްސިނަށް މީހުން ރަޖިސްޓްރީކުރަން ހުޅުވާލައިފަ އެވެ. ނަމަވެސް ވެކްސިން ޖަހަން ފަށާނެ ވަކި ތާރީހެއް އެޗްޕީއޭ އިން އަދި ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި މިއަދު ރާއްޖެ ގެނެސްފައިވާ 100،000 ޑޯޒް އިން އާބާދީގެ 50,000 މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވިއެވެ.