ސެނަހިޔާ ހޮސްޕިޓަލުގައި ސިފައިންނަށް ކޮވިޑް ވެކްސިން ދެނީ

ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ސިފައިންނަށް ކޮވިޑް ވެކްސިން ދިނުމގެ ޕްރޮގްރާމެއް އެބަ ކުރިއަށް ދެއެވެ.

މި ޕްރޮގްރާމުގެ އިތުރު މައުލޫމާތެއް އަދި ހާމަނުކުރުނިނަމަވެސް، މި ޕްރޮގްރާމްގެ ތެރެއިން ސިފައިންނަށް ކޮވި ޝީލްޑް ވެކްސިން ދޭ ފޮޓޯތައް އެމްއެންޑީއެފް އިން ވަނީ އާންމުކޮށްފައެވެ.

މިކަމުގެ އިތުރު މައުލޫމާތެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.

އިންޑިއާއި ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން، އާންމުންނަށް ދޭ ފަށައިފައިވަނީ، މި މަހުގެ 1 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ދޭން ނިންމާފައި ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިނުގެ 100،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ