1،003 މީހުންނަށް މިއަދު ކޮވިޑް ވެކްސިން ދީފި

ކޮވިޑް-19 ވެކްސިން ދިނުމަށް ރާއްޖޭގައި ފަށައިފައިވާ ޕްރޮގުރާމުގެ ދަށުން މިއަދު 1،003 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ވެކްސިން ދިނުމުގެ އެންމެފަހުގެ މައުލޫމާތު ހާމަކުރަމުން މިރޭ ވިދާޅުވީ މާލޭ އޭރިއާގައި 787 މީހުންނަށް އަދި އަތޮޅުތެރޭ ރައްތަކުގައި 216 މީހުންނަށް ވެކްސިން ދީފައިވާނޭ ކަމަށެވެ.

މިހާތަނަށް މުޅި ޖުމްލަ 4،269 މީހުންނަށް ކޮވިޑް ވެކްސިން ދީފައިވާއިރު މީގެތެރެއިން 3،573 މީހުންނަކީ މާލޭ އޭރިއާއިން ވެކްސިން ދީފައިވާ މީހުންނެވެ. އަދި އަތޮޅުތެރޭ ރައްތަކުން ވެކްސިން ދީފައިވާ މީހުންގެ އަދަދަކީ 696 މީހުންނެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ގޮތުގައި ދެމުން އަންނަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި ސިންގަޕޫރުގެ އެކްސްޓްރާ ޒެނެކާއިން ތައްޔާރުކޮށްފައިވާ ވެކްސިން ފޯރމިއުލާ ބޭނުން ކޮށްގެން އިންޑިއާގެ ސެރަމް އިންސްޓިޓުއުޓްގައި ތައްޔާރުކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިނެވެ.

އިންޑިއާގެ ހިލޭ އެހީގެދަށުން ކޮވިޝީލްޑުގެ 100،000 ވެކްސިން ޑޯޒް ދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ