35 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފި

އުމުރުން 35 އަހަރުން މަތީގެ މީހުންނަށް މިއަދު ވެކްސިން ދޭން ފަށައިފިއެވެ.

އެޗްޕީއޭ އިން ބުނީ، 35 އަހަރުން މަތީގެ އެންމެންނަށް މިއަދު ވެކްސިން ދޭން ފަށާފައިވާއިރު އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދު އުމުރުފުރައިގެ މިހުންގެ ތެރެއިން ދިގުމުއްދަތަކަށް ބޭސް ބޭނުން ކުރާ ފަރަތްތަކަށް ވެސް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ކުރިން ވެކްސިން ދެމުން އައީ 40 އަހަރުން މަތީ މީހުންނަށް އެކަންޏެވެ. އަދި އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނަށެވެ.

މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ އަށް ސެންޓަރުހުރިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 48 ސެންޓަރަކުން އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް 56،218 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ. އެއީ މާލެއިން 43،838 މީހަކު، އަތޮޅުތެރެއިން 12،380 މީހެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ