ކޮވިޑް-19: ވެކްސިން މިއަދު ނުޖަހާނެ!

ރާއްޖޭގައި ކޮވިޑް-19 އިން ދިފާޢުވުމަށް ޖަހަމުންދާ ވެކްސިން މިއަދު ނުޖަހާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ކޮވިޑު ވެކްސިން ޖެހުން މިއަދު ކުރިއަށް ނުގެންދާނެ ކަމަށާއި ވެކްސިން ޖެހުމުގެ މަސައްކަތް ދެން ކުރިއަށްގެންދާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން 7،818 މީހުން މިވަނީ ވެކްސިން ޖަހާފައެވެ. މިއާއިއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ބަލިން ދިފަޢުވުމަށް ވެކްސިން ޖެހި މީހުންގެ އަދަދު މިވަނީ 64،048 އަށް އަރާފައެވެ.

ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގުރާމު މިމަހުގެ ފުރަތަމަ ދުވަހު ފަށައިފައިވާއިރު މިހާތަނަށް މުޅި ޖުމްލަ މާލޭ އޭރިއާއިން 49،836 މީހުންނަށްވަނީ މި ވެކްސިން ދީފައެވެ. އަދި އަތޮޅުތެރޭ ރައްތަކުން ވެކްސިން ދިން މީހުންގެ އަދަދަކީ 14،212 އެވެ.

އަލަށް ވެކްސިން ޖެހި މީހުންގެ ތެރެއިން މާލެ ސަރަޙައްދުން އިއްޔެ ވެކްސިން ޖެހީ 5،998 މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 1،820 މީހުންވަނީ ވެކްސިން ޖަހާފައެވެ.

ރާއްޖެއިން މިވަގުތު ޖަހަމުން އަންނަނީ އިންޑިއާއިން ހިލޭ އެހީގެދަށުން ހަދިޔާކުރި އޮކްސްފޯޑް-އެސްޓްރާޒެނަކާގެ ކޮވިޝީލްޑް ވެކްސިނެވެ.

ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒް ލިބިފައިވާއިރު، މިއީ 50،000 މީހުންނަށް ޖެހޭނެ ވެކްސިނެވެ. ވެކްސިން ދިނުމުގެ ފުރަތަމަ ފޭސްގެ ދަށުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސަމާލުކަމެއްދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ