ވެކްސިން ޖެހިފަހުން ނިޔާވި ގައްދޫ މީހާގެ އަނބި މީހާ ވެސް ނިޔާވެއްޖެ

ވެކްސިން ޖެހިފަހުން އިއްޔެ ނިޔާވި ގދ.ގައްދޫ މީހާގެ އަނބި މީހާ ވެސް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި މި އަންހެންމީހާ ނިޔާވެފައިވަނީ މިރޭގެ ވަގުތެއްގައެވެ. އަދި މި އަންހެންމީހާ ނިޔާވިއިރު މިމީހާގެ އުމުރަކީ 82 އަހަރެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހްމަދު ނާސިރު މިކަން މީޑިއާތަކަށް ކަށަވަރު ކޮށްދީފައިވާއިރު މި ދެމީހުން ނިޔާވެފައިވަނީ ވެކްސިންގެ ސަބަބުންތޯ ތަހުގީގު ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

"ވަގުތު" އޮންލައިން ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ނިޔާވި އަންހެންމީހާއަކީ ސިއްހީ މައްސަލަތަކުގެ ސަބަބުން ބަލި އެނދުގައި އޮންނަ މީހެކެވެ.

"އެނގިފައިވާ ގޮތުގައި އަންހެން މީހާ ވެކްސިން ޖެހި ފަހުން ހުން އައިސް ވަރަށް ބޮޑަށް ބަލިވިއެވެ. އަދި އޭނާގެ ހާލު ސީރިއަސްވެގެން ގައްދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދޭން ފެށީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމީހާ ނިޔާވީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަނިކޮށެވެ." ވަގުތު އޮންލައިންގައި ބުނެފައި ވެއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ގޮތުގައި މިވަގުތު ދެމުން އަންނަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފެއްދި ކޮވިޝީލްޑް ވެކްސިނެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Hassan

    Mi anhenmeeha baliendugai kithan aharu.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ