މަޖްލިސްކުރާ ގޭގައި އާންމު ރައްޔިތުންނަށް ކޮވިޑް-19 ވެކްސިން ދޭން ނިންމައިފިއެވެ.
މި ގޮތަށް ނިންމާފައި ވަނީ ކޮވިޑް-19 ވެކްސިން ދިނުން އަވަސްކޮށް އިތުރު ކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖްލިސް ގެ އިސްނެންގެވުމާއި އެހީތެރިކަމާއެކު އޭޑީކޭ ހޮސްޕިޓަލުގެ ފަރާތުންނެވެ.
އެގޮތުން އޭޑީކޭ އިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖްލިސްގެ އިސްނެންގެވުމާ އެހީތެރިކަމާއެކު އެ ހޮސްޕިޓަލުން ދެމުން ގެންދިޔަ ވެކްސިން ދިނުމުގެ ޚިދުމަތް 2021 ފެބުރުވަރީ 10 އިން ފެށިގެން ކުރިޔަށް ގެންދާނީ ރައްޔިތުން މަޖްލިސް ކުރާގޭގައި ކަމަށެވެ.
އަދި 2021 ފެބުރުވަރީ 24 އިން ފެށިގެން ރައްޔިތުންގެ މަޖްލިސްކުރާ ގޭގައި އެ ހޮސްޕިޓަލުން ދެމުން ގެންދިޔަ ވެކްސިން ދިނުމުގެ ޚިދުމަތް އާންމުކޮށް ހުޅުވާލާ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ.
އެގޮތުން މާދަމާއިން ފެށިގެން މަޖްލިސްކުރާ ގޭގައި އާންމުކޮށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 30 އަހަރުން މަތީގެ މީހުންނަށެވެ.
އާންމުކޮށް ހުޅުވާލައިގެން ވެކްސިން ޖެހުން ކުރިޔަށް ގެންދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންބަރު 12:00 އަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭންފަށައިފައިވާ ކޮވިޑް ވެކްސިން މިހާތަނަށް 80،000 ވުރެ ގިނަ މީހުންނަށް ވަނީ ދީފައެވެ.