ފޮޓޯ: މިހާރު

މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލު ކުރަނީ

މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ނިންމައިފިއެވެ.

އެގޮތުން މި ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ ޒޫމް މެދުވެރިކޮށް އަންނަ މާރިޗު މަހުގެ 08 ވަނަ ދުވަހުއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވެފައި ވަނީ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ފެބްރުވަރީ މަހު ބޭއްވުމަށް ޤާނޫނުން ލާޒިމް ކުރާ ބައްދަލުވުން ކޮވިޑް 19 ގެ ޙާލަތާ ގުޅިގެން އެއްތަނަކަށް އެއްވެ މި ބައްދަލުވުން ބޭއްވޭގޮތް ނުވެފައިވާކަމަށެވެ.

އެހެން ނަމަވެސް ކޮވިޑް 19 ގެ މި ޙާލަތުގައި ޒޫމް މެދުވެރިކޮށް 2021 މާރިޗް 08 ވަނަ ދުވަހު ހަވީރު 4:00 ގައި ރައްޔިތުންނާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާކަމުގައި އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިބައްދަލުވުން ޕަބްލިކް ސަރވިސް މީޑިއާއިންނާއި ފޭސްބުކު ޕޭޖުން ލައިވް ކުރާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވެފައި ވަނީ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ޒޫމް މެދުވެރިކޮށް ބައިވެރި ވެވޭނެ ކަމަށެވެ. މިބައްދަލުވުމުގެ ލިންކް ތިރީގައި އެވަނީއެވެ.

https://zoom.us/j/91216011193?pwd=YzV1MUNCYkkySlVzdi90NERFSjVJQT09

މިލިޔުން ކިޔާލުމުން
211
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Hum

    Theejahaa malhieh e ee.inthihaabu kairivaathee ekamah jahaamalhi thireedhoo paateege nulafaa reyvun neygey dhivehdaku noolhey mihaaruves korefudanun furivaifaa baehthee khaassa koh sifaa hurihaanubaeh hadhanee mihaarun mihaarah sifaa isthiufaa dheynvee.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ