ކޮވެކްސް އިން ރާއްޖެއަށް ފާއިޒާ ވެކްސިން ލިބެނީ!

ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށްގެންދާ "ކޮވެކްސް" ޕްރޮގްރާމްގެ ތެރެއިން ރާއްޖެއަށް ފާއިޒާ ވެކްސިންގެ 5850 ޑޯޒް ލިބޭނެ ކަމަށް ހާމަކޮށްފިއެވެ.

ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށާއި އެހެން ގައުމުތަކަށް ފުރަތަމަ ބުރުގައިލިބޭނެ ވެކްސިންތަކާ އޭގެ ޢަދަދު މިހާރު ހާމަކޮށްފައިވާއިރު، އޭގެތެރޭގައި ފައިޒާ ވެކްސިންވެސް ހިމެނެއެވެ.

ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް ގާތްގަނޑަކަށް 108،000 ޑޯޒްގެ ޔަގީންކަން ވަނީ ލިބިފައެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ވަރަށް އަވަހަށް ޑަބްލިއުއެޗްއޯގެ ވެކްސިން ރާއްޖެ ލިބޭނެ ކަމުގެ އުއްމީދު އެބައޮތެވެ. އެކި ބައިބަޔަށް ބަހާލައިގެން ރާއްޖެ ވެކްސިން ފޮނުވާއިރު ފުރަތަމަ ގާތްގަނޑަކަށް 40،000 ޑޯޒު ލިބޭނެ ކަމަށް އޮތީ ބެލެވިފަކަމަށްވެސް ޝާހް ވިދާޅުވިއެވެ.

ނިމިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ދޭން ފަށާފައިވާއިރު، ރާއްޖޭގައި ދެމުން އަންނަނީ  ކޮވިޝީލްޑު ވެކްސިނެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭގައި ވަނީ 138،827 މީހުންނަށް ވެކްސިން ޖަހައިފައެވެ. ސަރުކާރުގެ އަމާޒަކީ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީ ނިންމާލުމެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ