ވެކްސިން ދިން މީހުންގެ އަދަދު 150،000 މައްޗަށް

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ރާއްޖޭގައި ފަށައިފައިވާ ކޮވިޑް ވެކްސިން ދިނުމުގެ ކެމްޕެއިންގެ ތެރެއިން ވެކްސިން ދިން މީހުންގެ އަދަދު 150،000 މައްޗަށް އަރައިފިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ވެކްސިން ކެމްޕެއިންގެ މައުލޫމާތު ހާމަކުރަމުން މިރޭ ވިދާޅުވީ މިއަދު 5،875 މީހުންނަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށާއި މިއާއެކު ޖުމްލަ ވެކްސިން ދިން މީހުންގެ އަދަދު 151،643 އަރައިފައިވާ ކަމަށެވެ.

އަލަށް މިއަދު ވެކްސިން ދިން މީހުންގެ ތެރޭގައި ހިމެނެނީ، އަތޮޅުތެރޭ ރައްތަކުން 3،827 މީހުން، އަދި މާލޭ އޭރިއާއިން 2،048 މީހުންނެވެ.

މުޅި ޖުމްލަ މިހާތަނަށް އަތޮޅުތެރޭ ރައްތަކުން 62،550 މީހުންނަށް ކޮވިޑް ވެކްސިން ދީފައިވާއިރު މާލޭ އޭރިއާއިން ވެކްސިން ދިން މީހުންގެ އަދަދަކީ 89،093 އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭންފަށައިފައިވަނީ ފެބުރުއަރީ މަހުއެވެ. ރާއްޖޭގައި ދެމުންދަނީ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އީޖާދުކުރި އަދި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ