އިންޑިއާއިން އަންނަ މީހުން ކަރަންޓީން ވާންޖެހޭ ގޮތް ހަދައިފި

އަވައްޓެރި އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ފަރާތްތަށް ކަރަންޓީންވާން ޖެހޭ ގޮތް ހަދައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ރޭ ވިދާޅުވެފައި ވަނީ އިންޑިއާ އިން ދިވެހިރާއްޖެ އަންނަ ދިވެހިންނާއި ވޯކް ވިސާގައި އެ ގައުމުން ރާއްޖެ އަންނަ ފަރާތްތައްވެސް 10 ދުވަހަށް ގޭގައި ކަރަންޓީން ވަންޖެހޭނެކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވީނަމަވެސް ކަނޑައެޅިފައިވާ އުޞޫލައި އެއްގޮތަށް ކަރަންޓީންގެ 10 ދުވަސް ފުރިހަމަ ކުރަންޖެހޭނެކަމުގައި އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަނުން މިގޮތަށް ވިދާޅުވެފައިވާއިރު، މުޅި ދުނިޔެގަިއވެސް އެންމެ ހަލުވިކަމާއެކު ކޮވިޑް މިހާރު ފެތުރެމުން އަންނަނީ އިންޑިއާގައެވެ.

އެގޮތުން މިހާތަނަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް އެއްދުވާ ޕޮޒިޓިވް ވެފައިވަނީވެސް އިންޑިއާއިންނެވެ. ތަފްސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް އެ ޤައުމުން ވަނީ 332,503 މީހުން ކޮވިޑަށް ޕޮޒިޓިވުވެފައެވެ. އަދި މި ބަލީގައި އިއްޔެ އިންޑިއާއިން 2،256 މީހަކު މަރުވެފައިވެއެވެ.

އިންޑިއާގައި މިހާތަނަށް 16,263,695 އަށްވުރެ ގިނަ މީހަކަށް ވަނީ މިބަލި ޖެހިފައެވެ. އަދި މިބަލީގައި 186,928 މީހަކު ވަނީ މަރުވެފައެވެ.

މުޅި ދުނިޔެއިން ބަލާނަމަ މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވި ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި އުޅެނީ އިންޑިއާއެވެ.

އިންޑިއާއަށް ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ އަސަރު ކުރަމުންދާއިރު އެގައުމުގެ ބަޔެއް ސިޓީތަކުގެ ސިއްހީ ފަރުވާދޭތަންތަނުން އޮކްސިޖަންފަދަ މުހިންމު ތަކެތި އައްނަނީ ހުސްވަމުންނެވެ. އަދި މިކަމުގެ ސަބަބުން މިބަލީގައި އިންޑިއާއިން މަރުވާ މީހުންގެ އަދަދު އިތުރުވެދާނެކަމުގެ ބިރުވެސް މިހާރުވަނީ ހީވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ