އެއްވެސް މީހެއްގެ ފަރާތުން ބަދަލުހިފުމުގެ ރޫހު ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ކޯޓު އަމުރެއްގެ ދަށުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކޮށްފައިވާ މި ދަނޑިވަޅުގައި ޗީފް އޮފް ސްޓާފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް މީހެއްގެ ފަރާތުން ބަދަލުހިފުމުގެ ޝައުޤުވެރިކަން ނެތް ކަމަށެވެ.
"ކުރިންވެސް އަދި މިހާރުވެސް އަޅުގަނޑުމެން ބުނަމުން މިދަނީ، އެއްވެސް މީހެއްގެ ފަރާތުން ބަދަލުހިފުމުގެ ޝައުޤުވެރިކަމެއް ނެތްކަމަށް." ޢަލީ ޒާހިރު ވިދާޅުވިއެވެ.
ޗީފް އޮފް ސްޓާފް ވިދާޅުވީ، ބަދަލުހިފުމުގެ ޝައުޤުވެރިކަން ނެތްނަމަވެސް، އެއްވެސް ފަރާތަކުން ޤާނޫނާ ޚިލާފުވެފައި ވާނަމަ، ޤާނޫނު އަރާ ހަމަކުރާނެ ކަމަށެވެ.
Kurinves adhi Mihaaru ves alhugandu men bunamun midhani eyves meeheyge faraathun badhal hifumuge shauguverikameh nehkamah. Namaves konme faraathakun ves qanoona khilaaf vefavaanam qanoon ara hama kuraane. Alhugandumen vaudhuvi efaraaithah javaabudhaari kuruvan, insaaf qaaim kuran
— Ali Zahir (alipi) (@alixahir) February 18, 2019
ޢަލީ ޒާޙިރު އިތުރަށް ވިދާޅުވީ ސަރުކާރުން ވައުދުވީ އެފަރާތްތައް ޖަވާބުދާރީ ކުރުވައި އިންސާފު ޤާއިމުކުރަން ކަމަށެވެ.