ބަރަހަނާ މަންޒަރުތައް ދައްކާ ވެބްސައިޓުތައް ބަންގްލަދޭޝްގައި ބުލޮކް ކުރަނީ

ބަރަހަނާ މަންޒަރުތަކަށް ހާއްސަ ވެބްސައިޓުތައް ބަންގްލަދޭޝްގައި ބުލޮކް ކުރަން ފަށައިފިއެވެ. މިގޮތުން 20،000 ވުރެ ގިނަ ވެބްސައިޓުވަނީ ބުލޮކް ކޮށްފައެވެ.

ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ވެބްސައިޓުތަކާއި ޖުވާކުޅުމަށް ހާއްސަ ވެބްސައިޓުތައް މުސްލިމުންގެ މެޖޯރިޓީ އޮންނަ ބަންގްލަދޭޝްގައި ބުލޮކް ކޮށްފައި މިވަނީ ޓެލެކޮމިއުނިކޭޝަން މިނިސްޓްރީގެ އަމުރަށެވެ.

"އަހަރެން ބޭނުން ބަންގްލަދޭޝްގެ ރައްޔިތުންނަށް އިންޓަރނެޓަކީ ރައްކާތެރި އަމާން ތަނަކަށް ހަދަން.. މިއީ އަހަރެން ބަރަހަނާ މަންޒަރުތައް ފެތުރުމާއި ދެކޮޅަށް ފަށާ ހަނގުރާމައެއް އަދި މި ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށް ދާނެ" ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުސްތަފާ ޖައްބާރް ވިދާޅުވި އެވެ.

ބަރަހަނާ މަންޒަރު ދައްކުވައިދޭ ވެބްސައިޓުތަކާއި ޖުވާކުޅޭ ވެބްސައިޓު ތަކުގެ އިތުރުން މަޝޫރު ވީޑިއޯ އެޕްލިކޭޝަނެއް ކަމަށްވާ ޓިކްޓޮކް ވެސް ވަނީ ބުލޮކް ކޮށްފައެވެ. ބަރަހަނާ މަންޒަރުތައް ދައްކުވާ ގިނަ ވެބްސައިޓުތަކެއް ބުލޮކް ކޮށްފައި މިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ބަންގްލަދޭޝްގެ ހައި ކޯޓުން މިފަދަ ވެބްސައިޓުތައް ބުލޮކް ކުރުމަށް ސަރުކާރަށް އަމުރުކޮށްފައިވެސް ވަނިކޮށެވެ.

ބަންގްލަދޭޝް އިން މިފަހަކުންވަނީ ގައުމުގައި ހުރި ނޭދެވޭ ކަންތައްތައް ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. މިގޮތުން މަސްތުވާ ތަކެތި ވިއްކާ ގިނަ ބަޔަކު ހައްޔަރުކޮށް އެއްބަޔަކު މަރައިލައިފައިވެސް ވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ