މުޙައްމަދު ބިން ސަލްމާން އިންޑިއާއަށް ވަޑައިގެންނެވުން - ފޮޓޯ: މޯދީ ޓްވިޓަރ

މުޚައްމަދު ބިން ސަލްމާން އިންޑިއާ އަށް ވަޑައިގެންފި

އޭސިއާގެ ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރު ފުޅެއްގައި ސައުދީގެ ވަލީއަހުދު މުޚައްމަދު ބިން ސަލްމާން އިންޑިއާ ވަޑައިގެންފިއެވެ.

އެމަނިކުފާން އިންޑިއާ އަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވާފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާއި އޭނާގެ ކެބިނެޓްގެ ވަޒީރުންނާއި އިންޑިޔާ ސިފައިންގެ އިސް އޮފްސަރުންނެވެ.

މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވެއެވެ.

މުހައްމަދު ބިން ސަލްމާން އިންޑިއާ އަށް ވަޑައިގެންފައި މިވަނީ އަވަށްޓެރި ޕާކިސްތާނަށް ވަޑައިގަތުމަށް ފަހުގައެވެ. އަދި މި ދަނޑިވަޅަކީ ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ގޯސްވެފައިވާ ދަނޑިވަޅެކެވެ.

ސައުދީ އަކީ އިންޑިއާގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން މަސައްކަތް ކުރަމުންދާ ގައުމެކެވެ. އަދި ސައުދީއިން އުފައްދާ ތެޔޮ ވިއްކުމުމުގައި އިންޑިއާއަކީ މުހިންމު ވިޔަފާރީގެ ބައިވެރިއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ