ފެނަކަ މުވައްޒަފުންގެ ފަރާތުން އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް 1 މިލިއަން ރުފިޔާ

ނިމިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ އިރާކޮޅު މާލޭ ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒިފުންގެ ފަރާތުން އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރުފިޔާ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ހަވާލުކޮށްފައިވަނީ މިރޭ ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވި ކުޑަ ރަސްމިއްޔާތުގައެވެ.

ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން މިރުފިޔާ މާރިޔާ އަހުމަދު ދީދީއާއި ހަވާލުކޮށްދީފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ.

ސެޕްޓެމްބަރ 20 ވަނަ ދުވަހު ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައިވަނީ އެކަކު މަރުވެ 700 އަށްވުރެ ގިނަ މީހުންނަށް ގެއްލުން ލިބިފައެވެ. އަދި މިހާދިސާގައި 26 ގެއަކަށް ގެއްލުން ލިބިފައިވާއިރު ތިން ގެއެއް މިހާރު ވަނީ ތަޅާލާފައެވެ.

ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީންވެސްވަނީ މާލެ ފަޔަރ ރިލީފް އެކައުންޓުގެ ނަމުގައި އެކައުންޓެއް ހުޅުވައިފައެވެ. މި އެކައުންޓަށް މިހާތަނަށްވަނީ 1.4 މިލިއަން ރުފިޔާ ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ