ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށްލާންއެދި ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްވެސް އަދި މިސަރުކާރުންވެސް ޙައިލަމްއަށް ނުގުޅާނެކަމަށް ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަޙްލޫފް މިހެން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ޔާމީން ޖަލު ޙުކުމެއް އިއްވާނެކަމުގެ ޔަޤީންކަން ދިނުމަށް ސަރުކާރުގެ އިސްފަރާތްތަކުން އެދުނުކަމަށްބުނެ، ރޭ ނެރެފައިވާ އޭނާ ނެރެފައިވާ ނޫސް ބަޔާނާއި ގުޅިގެންނެވެ.
އެގޮތުން މަޙްލޫފް ވިދާޅުވީ، ރައީސް ޔާމިންގެ އޯޑަރަށް ސިޔާސީ ފަރާތްތައް ޖަލަށް ޙުކުމް އިއްވަމުން ދިޔަ މީހަކަށް މިއަދުވެސް ހީވަނީ އެހެން މީހުން ނުފޫޒު ފޯރުވާނެކަމަށްކަމަށާއި، ޙައިލަމް ހީކުރީ ރައީސް ސޯލިޙް އޭނާއަށް ގުޅާފަ ޔާމިން ޖަލަން ލާން އެދޭނެކަމަށެވެ. އެހެންނަމަވެސް ރައީސް ސޯލިޙްވެސް އަދި މިސަރުކާރުންވެސް އެގޮތަށް ޢަމަލު ނުކުރާނެކަމަށް މަޙްލޫފް ވިދާޅުވިއެވެ.
ޤާޟީ ޙައިލަމް ސަސްޕެންޑްކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން ނަޞްރުގެ ދުވަހުގެ ތަޙުނިޔާ ވިދާޅުވެ ވައިބަ ގްރޫޕެއްގައި ޙައިލަމް ފޮނުވި ސްކްރިން ޝޮޓާއި، ގުޅޭގޮތުން ޖުޑީޝިއަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ބަލަމުންދާ މައްސަލާގައިޖަވާބުދާރީ ވާން ޖޭއެސްސީއަށް ހައިލަމް ހާޟިރު ނުވުމުންނެވެ.
އޭނާ ސަސްޕެންޑްކޮށްފައި ވަނީ، ރައީސް ޔާމީނަށް ހުކުމް އިއްވަން އޮތް ދުވަހުއެވެ. އަދި ޙައިލަމްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަޙުޤީޤު ކުރަން ނިންމާފައިވަނީ މީގެ ހަތަރުވަރަކަށް ދުވަސްކުރިންނެވެ.
ޖޭއެސްސީއިން ވިދާޅުވީ ކްރިމަނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ޙައިލަމްއާއެކު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރެއްކަމަށްވާ އަލްހާން ފަހުމީގެ ފަރާތުން 19 މެއި 2019 ވަނަ ދުވަހު 200،000.00 (ދެލައްކަ ރުފިޔާ) ގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ދަންނަވައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން 05 ނޮވެމްބަރ 2019 ވަނަ ދުވަހު އެކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ފާޙަގަކޮށްފައިވާކަމަކީ، ފަނޑިޔާރަކާ ގުޅިގެން ފާޙަގަކޮށްފައިވާ ސީރިއަސް މައްސަލައެއްކަމަށްވާތީ، އެމައްސަލަ ތަޙުޤީޤު ކުރުމަށް ނިންމާފައިވާކަމަށެވެ.
ހިޔާލު
ކިހިނެއް މަހްލޫފްއައް އެގެނީ ސަރުކާރުގެ އެއްވެސް ވަޒީރަކު ވެސް އަދީ ރައިސް ވެސް ނުގުޅާނެ ކަމެއް