އައްޑޫ ވިޔަފާރި ގާޑިޔަލެއް އަނދާ އަޅިއަށް

އައްޑޫ ސިޓީ ހިތަދޫގައި ވިޔަފާރިކުރުމަށް ބޭނުންކުރާ މަގުމަތީ ގާޑިޔަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ހިތަދޫ ވިޔަފާރި ގާޑިޔަލެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވެ އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

"ރޭ ފަތިހު 05:45 ހާއިރު ހިނގި މި ހާދިސާގައި ގާޑިޔާ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން އިތުރަށް ވިދާޅުވީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން އަދި އެމްއެންޑީއެފް އިންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ