ފޮޓޯ: ޕީއެސްއެމް ނިއުސް

ފިޔާއާއި ބިސް ހިފައިގެން ރާއްޖެއަށް ދަތުރުކުރި ބޯޓެއްގައި ރޯވެއްޖެ

އިންޑިއާއިން ފިޔާއާއި ބިސް ހިފައިގެން ރާއްޖެއަށް ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވުމުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އިންޑިއާއިން ފިޔާއާއި ބިސް ހިފައިގެން ރާއްޖެ ދަތުރުކުރި މުދާ އުފުލާ ބޯޓެއްގެ އިންޖީނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ރޭ 00:30 ހާއިރު ކޯސްޓް ގާރޑާށް ލިބިފައިވާ ކަމަށެވެ.

އޭރު ބޯޓުގައި ތިބީ 11 އިންޑިއާ ފަޅުވެރިން ކަމަށާއި އަދި އޭރު ބޯޓު ދަތުރުކުރަމުން ދިޔައީ ރާއްޖޭގެ ބޭރު ކަނޑުން ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން އިތުރަށް ވިދާޅުވީ ބޯޓުގެ ފަޅުވެރިން އިންޖީނު ހަދައިގެން މިހާރު މަޑުމަޑުން ރާއްޖެއަށް ދަތުރު ކުރަމުން ދާކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ބޯޓަށް މާލެ ބަނދަރަށް ވަދެވޭނެކަމަށް ލަފާކުރެވެނީ މިއަދު 15:00 ހާއިރުކަމަށް އެމްއެންޑީއެފް މައުލޫމާތު ދެއްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ