ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނައަދަދެއެއްގެ މީހުން ބޭނުންކުރަމުން އަންނަ ސްނެޕްޗެޓަކީ ދިވެހިންގެ ހިތްތައްވެސް އަތުލައިފައިވާ އެޕެކެވެ. ނަމަވެސް މިއަދު ސްޓްރީކް ކުރުމަށް ސްނެޕްޗެޓު ހުޅުވާލި މީހުންނަށް ސްނެޕްޗެޓް ބޭނުން ކުރެވޭގޮތް ވަނީ ނުވެފަ އެވެ.
ސްނެޕްޗެޓް ސްޓްރީކް ހިފެހެއްޓުމަކީ ސްނެޕް ކުރާ ކޮންމެ މީހަކުވެސް އެންމެ ފޯރީގައި ކުރާ އެއްކަމަށް ވާނެކަން ޔަގީނެވެ. ސްނެޕް ސްޓްރީކް ގެއްލިއްޖެ ނަމަ އެވާ މާޔޫސް ސްނެޕް ކުރާ ކޮންމެ މީހަކަށް ވެސް ވަރަށް ރަނގަޅަށް އެގޭނެއެވެ.
ރާއްޖެއާއި ދުނިޔޭގެ ގިނަ ބަޔަކަށް މިއަދު ސްނެޕްޗެޓު ޑައުން ވެފައިވާއިރު ސްޓްރީކް ގެއްލިދާނެތީ ގިނަބަޔަކުދަނީ ޝަކުވާކޮށް މައްސަލަ ހައްލުކޮށްދިނުމަށް އެދެމުންނެވެ. ސްނެޕްޗެޓް ޑައުންވުމުން ގިނަބަޔަކު ޓްވިޓާގައި މިކަމާ ގުޅިގެން ދަނީ ޓްވީޓްތައް ކުރަމުންނެވެ.
Me running to Twitter to see if anyone else’s snap is down #snapchatdown pic.twitter.com/LHk8o1lPMa
— Bella Campise (@BellaCampise) April 8, 2020
މިއަދު ކުރާ ސްނެޕްތައް އިރުކޮޅަކު ހުރުމަށްފަހު ނުފޮނުވި ވަނީ ފެއިލްއެވެ. މިކަމާއިގުޅިގެން ސްނެޕްޗެޓުން އަދި ވަކި އެއްޗެއް ނުބުނެއެވެ.
ދިވެހިންގެ ތެރޭގައިވެސް މަގުބޫލުކަން ހޯދާފައިވާ މި އެޕްގެ އެންމެ ސަޅި އެއްކަމަކީ ކޮންމެ ދުވަހަކު ވެސް ސްނެޕް ކޮށް ސްޓްރީކް ގެ އަދަދު އިތުރު ކުރުމެވެ.
ހިޔާލު
މި ބޮޑު ފަލަ ދޮގެއް