ކަސްޓަމްސްއިން ނައްތާލަން އުޅުނު މުދާތަކެއްގެ ތެރެއިން މަސްތުވާތަކެތި ފެނިއްޖެ

މޯލްޑިވްސް ކަސްޓަމްސް ސަަރވިސްއިން ނައްތާލަން އުޅުނު މުދާތަކެއްގެ ތެރެއިން މަސްތުވާތަކެތި ފެނިއްޖެއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ ތެރެއިން، ވެރިފަރާތުން ހަވާލުނުވެ ގިނަ ދުވަސް
ވުމުގެ ސަބަބުން ނައްތާލުމަށް ކަނޑައެޅުނު މުދާ ތަކުގެ ތެރޭގައި ހިމެނޭ ޕެކޭޖެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާކަމަށެވެ.

މިތަކެތި ފެނިފައިވަނީ، ނައްތާލުމަށްޓަކައި ކާގޯ ގުދަނުން އެ މުދާތައް ނެރުނު މަރުޙަލާގައި 2020 މެއި 03 ވަނަ ދުވަހު ކަސްޓަމްސްއިން ބަލާފާސްކުރުމުގެ ތެރޭގައިކަމަށްވެސް އެފަރާތުންވަނީ ވިދާޅުވެފައެވެ.

ކަސްޓަމްސްއިން  އިތުރަށް ވިދާޅުވީ، މި ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިހަށް ޕޮޒިޓިވް
ވެފައިވާކަމަށެވެ.

އަދި މިތަކެތީގެ ބަރުދަނުގައި ޕެކިންގ އާއެކު 542 ގްރާމު ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ގާތްގަޑަކަށް 433,600.00
(ހަތަރު ލައްކަ ތިރީސް ތިން ހާސް ހަސަތޭކަ) ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭކަމަސްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.

ކަސްޓަމްސްއިން އިތުރަށް ވިދާޅުވީ، މައްސަލަ ތަޙުޤީޤު ކުރުމަށް އަތުލަައިގަނެވުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްއާ މިހާރު ޙަވާލުކުރެވިފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ބުރޯ

    ތީ މިހާރު ގިނަ ގައުމުތަކުގަ ފިހާރަތިކުގައި ވިއްކަން ހުންނަ އެއްޗެއް ރާއްޖެ އަދި އުޅެނީ ތަންކޮޅެއް ފަހަތުގައި

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ