ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލާއި އޫރުމަސް އަދި ސިނގިރޭޓް ނައްތާލަނީ: ފޮޓޯ- ކަސްޓަމްސް

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލާއި އޫރުމަސް އަދި ސިނގިރޭޓް ނައްތާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލާއި އޫރުމަސް އަދި ސިނގިރޭޓް ނައްތާލައިފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްއިން ނައްތާލާފައިވަނީ 71 ޕެކެޓް އޫރުމަހާއި، 59 ފުޅި ރަލުގެ އިތުރުން 10،000 ސިނގިރޭޓެވެ.

ކަސްޓަމްސް އިން ވިދާޅުވީ އެތަކެތި ނައްތާލާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު ލ.ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަމަށެވެ.

ކަސްޓަމްސްއިން އިތުރަށް ވިދާޅުވީ މި ތަކެތި ނައްތާލާފައިވަނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 412 ވަނަ މާއްދާގެދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއެޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ