ފިރިހެނުން ހުސްވިޔަސް މުއާ އާއި ނީންނާނަމޭ ބުނިން: އައްޒަ

ދިވެހި ފިލްމީ އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ މަޝްހޫރު އަދި އެންމެ ޑިމާންޑްބޮޑު އެކްޓްރެސް އަކީ މަރިޔަމް އައްޒަ ކަމާއި މެދު އެއްވެސް މީހަކު ދެކޮޅެއް ނުވާނެއެވެ. އެގޮތުން ދިވެހި މީޑިއާ އަދިި އައްޒަގެ ފޭނުން އޭނަގެ ކޮންމެ ހަރަކާތެއް ބަލަމުން ދާކަމީ މިކަމުގެ ހެއްކެކެވެ.

މިއަހަރުގެ ފެބްރުއަރީ ދެއެއްގައި އައްޒަ އާއި އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ކައިވެނިކޮށްފައިވާއިރު، މިއީ މިއަހަރު ތެރޭގައި އެންމެ ގަދަޔަށް ސެލެބްރިޓީއަކާއި ބެހޭގޮތުން ދެކެވިގެންދާނެ އެއް ވާހަކައެވެ. އަދި ދާދިފަހަކުން އައްޒަ މިވަނީ މުއާ އާއި ގުޅޭގޮތުން މީގެ ކުރިން ނުދައްކާ ވާހަކައެއް ހާމަކޮށްފައެވެ.

މި ލޮކްޑައުން ފެށުމާއެކު ބައިސްކޯފުން، ރާއްޖޭގެ މަޝްހޫރު ފަންނާނުންއާއެކު، ގެނެސްދެން ފެށި ޕްރޮގްރާމް "ލޮކްޑްއަޕް ވިތް" ގެ އައްޒަގެ އެޕިސޯޑުގައި ވާހަކަ ދައްކަމުން، އައްޒަ އާއި މުއާ އެންމެ ފުރަތަމަ ދިމާވި ގޮތް އައްޒަ ވަނީ ކިޔައިދީފައެވެ. އެގޮތުން އައްޒަ ބުނީ، ފިލްމީ ދާއިރާ އަށް ދެމީހުންވެސް ނުކުތުމުގެ ކުރިން އައްޒަގެ ސްކޫލް ދައުރުގައި މުއާ އާއި ދިމާވެއްޖެކަމަށެވެ. އަމީނިއްޔާ ގައި ކިޔަވަން އުޅުނުއިރު، މުއާ އުޅުނީ، ސްކޫލްގެ ކުރިމައްޗަށް ހުންނަ "ސްކޫޕް" ގޯޅިގައި ކަމަށް އައްޒަ ބުންޏެވެ. އެހެންވެ އަބަދުވެސް މުއާއި އައްޒަ އާއި ދެމީހުން ފެނިދެނިވެ އުޅުނުއިރު ރައްޓެހިކަން އޮތްކަމަށް އައްޒަ ބުންޏެވެ. އަދި، އޭރު އަމީނިއްޔާ ކުދިންގެ މެދުގައި، މުއާ މަޝްހޫރުވެފައި އޮތީ ވަރަށް "ބިޓިން" މީހެއްގެ ގޮތުގައި ކަމަށް އައްޒަ ބުންޏެވެ.

އޭގެ ފަހުން ދެމީހުންވެސް ފިލްމް އިންޑަސްޓްރީއާއި ގުޅުމަށްފަހު، މުއާއަށް އައްޒަ ކަމުދާ ވާހަކަ އިންޓަވިއުތަކަށް އަރާ ދައްކަން ފެށުމުން، މީހުން އައްޒަ އާއި މުއާ އަޅުވާ ކިޔާ، ކޮންމެވެސް ދުވަހަކުން ދެމީހުން ރައްޓެހިވެ ނުވަތަ އިންނާނެކަމަށް ބުނަމުންދިޔަ ކަމަށް އައްޒަ ބުންޏެވެ. އަދި މީހުން އެހެން ކިޔަން ފެށުމުން، މީހުން ހުސްވިޔަސް ނުވަތަ ދުވަހަކު އިންނާނެ މީހަކު ނުލިބުނަސް މުއާ އާއި ނީންނާނެކަމަށް ބުނިކަމަށް އައްޒަ ބުންޏެވެ.

އެހެންނަމަވެސް، ކަންތައްތަކެއް ބަދަލުވެ އަދި މުއާވެސް އައްޒައަށް ޓަކައި ބަދަލު މިހާރު ދެމީހުންވެސް އުޅެމުން ދަނީ ވަރަށް އުފާވެރި ދިރިއުޅުމެއްކަމަށް އައްޒަ ފާހަގަކުރިއެވެ.

"ލޮކްޑްއަޕް ވިތް" މި އިންޓަވިއުގައި އައްޒަ އިތުރަށް ދެއްކި ފާހަގަކޮށްލެވޭ ވާހަކަތަކަށް ބަލާއިރު، އައްޒަ ވަނީ މިހާރު ބައިސްކޯފުން ދައްކަމުން އަންނަ އެންމެ މަޝްހޫރު ސީރީޒް "ހުވާ" ގައި ނަގަން އުނދަގޫވި އެންމެ އުނދަގޫ މަންޒަރަކީ، ސީޒަން އެކެއްގައި ރަވީއާއެކު ކުޅެން ޖެހުނު ލޯބީގެ ނުވަތަ ރޮމޭންޓިކް މަންޒަރުތައް ކަމުގައި ބުނެފައެވެ. ރަވީއަކީ، އައްޒަ ގެ ދައްތަ އަދި އެކްޓްރެސް ރިޝްމީގެ މިހާރުގެ ފިރިމީހާއެވެ. އަދި ހުވާގެ ސީޒަން ދެއެއްގައި ރަވީ ގެ ބަދަލުގައި މިހާރު އެ ރޯލު ކުޅެމުން އަންނަނީ އައްޒަގެ ފިރިމީހާ މުއާއެވެ.

މީގެ އިތުރުން އައްޒަ ބުނީ، އައްޒަ އޭ ކިޔައިގެން މީހުން ދެއްކި، އެންމެ އަޑުއަހަން އުނދަގޫވި ވާހަކަ ނުވަތަ ރޫމާ އަކީ، އައްޒަ ޕްލާސްޓިކް ސާރޖަރީ ހެދިކަމަށް ބުނެ ކިޔައިގެން ދައްކާ ވާހަކަތަކެވެ. އައްޒަ ބުނީ، މިހާރުވެސް އެކަމާއި ގުޅޭގޮތުން މީހުން ސުވާލުކޮށް، ދޮގު ޙަބަރުތައް ފަތުރަމުން ދާކަމަށެވެ.

އައްޒަގެ އިތުރު ވާހަކަތަކަށް ބަލާއިރު، އައްޒަ ވަނީ، އޭނަގެ ހަޔާތައް ފިލްމެއް ކުޅޭނަމަ، ފިލްމްގައި ރޯލުތައް އަދާކުރަން ބޭނުންވާ ތަރިންގެ ވާހަކަތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން އައްޒަ ބުނީ، ބޮލީވުޑްގެ ތަރިން ނަގާނަމަ، އައްޒަގެ ރޯލު ކުޅެން ބޭނުންވަނީ، އާލިޔާ ބަޓް ލައްވާ ކަމަށެވެ. އަދި އައްޒަގެ ކުރީގެ ފިރިމީހާ ޖުމައިހް ގެ ރޯލު ކުޅެން ބޭނުންވަނީ، ރަންވީރު ސިންހް އެވެ. އަދި ފިރިމީހާ މުއާ ގެ ރޯލު ކުޅޭނީ ރަންބީރު ލައްވާ ކަމަށް އައްޒަ ބުންޏެވެ. އަދި މި ފިލްމަށް ދޭނެ ނަމަކީ، "އިޒްނާ" ކަމުގައި އައްޒަ ބުންޏެވެ. އިޒްނާ އަކީ، މުއާ އައްޒަ އަށް ލޯބިން ކިޔާ ނަމެކެވެ.

އައްޒަ އަކީ ހަޔާތުގައި ކާމިޔާބު މީހެއްކަމަށް ނުވަތަ ކާމިޔާބު ވެއްޖެކަމަށް ދެކޭނީ، އެއްވެސް މީހަކަށް ބާރޯސާ ނުވެ ދިރިއުޅެވޭނެ ދުވަހަކުން ކަމަށެވެ. އެގޮތުން އަމިއްލަ ދަރިފުޅާއި އަދި މައިބަފައިން އައްޒަގެ އަމިއްލަ މަސައްކަތުން ބެލޭނެ ދުވަހެއް އައުމަކީ، އޭނަ ހަޔާތުގައި ކާމިޔާބު މީހަކަށް ވެއްޖެކަން ޤަބޫލުކުރާނެ ދުވަސްކަމަށް އައްޒަ ބުންޏެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެންވެސް ވަރަށް ބޮޑަށް ސާފުތާހިރުވުމަށް އައްޒަ ވަނީ އެދިފައެވެ. އަދި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ އެންމެންގެ މަސައްކަތައް އައްޒަ ޝުކުރު ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
83036814
ގުޅުންހުރި ލިޔުންތައް

5 Responses

  1. Aharen

    Liyaane ehcheh neyngeniyya nnos verikan nukohbala
    Bolah thuraa

  2. Maanu

    INNAANE MEEHAKU NUVEEMA INNANTHAA JEHEYNEE.MIHEN ULHEY MEEHUNAA JEHEYNEE HAMA AYKAHALA MEEHUN

    7
    1
  3. އަހަރެން

    ކާމިޔާބު މީހަކަށް ވާން ބޭނުން ނަމަ އިސްލާމް ދީނުގައި އަންގަވާފައި ވާގޮތަށް އުޅުމަށް އަޒުމު ކަޑަ އާޅާ އެގޮތަށް އުޅެންފަށާ. އިންޝާﷲ ކާމިޔާބު މީހަކަށް ވާނެ.

    34
  4. Bbc

    Omg aaliaa ar ranbeer vegen ulhey baeh dhw hahahahahahaha

  5. Mua

    Mua akee firiheneh noon, ekan azza ah engeyne

    10
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ