ރާއްޖެއިން މީހުން ޙައްޖަށް ގެންދަން ހުއްދަ ދޭނެ ކުންފުނިތައް އަންނަ އާދީއްތަ ދުވަހު ކަނޑައަޅަން ހަމަޖެހިފައިވާއިރު، ވޭތުވެދިޔަ އަހަރުތަކުގައި ހައްޖަށް މީހުން ގެންދަން ބޮޑު އަގުނެގި ކުންފުނިތަކުން މިފަހަރުވެސް ބީލަން ކާމިޔާބުކުރުމުގެ މަޤްޞަދުގައި ކުޑަ އަގުތަކެއް ހުށަހަޅައިފިއެވެ.
2016 ވަނަ އަހަރު ޙައްޖަށް ގެންދަން ފަސް ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކުރީ، އެންމެ އަގު ހެޔޮކޮށް ހައްޖަށް މީހުން ގެންދަން އެއްބަސްވި ފަސް ކުންފުންޏަށް، ޕްރޮޕޯސަލްގައިވާ އަގުތަކަށްވުރެ އިތުރަށް ފައިސާ ނުނަގަން ޝަރުތު ކޮށްފައެވެ. ނަަމަވެސް އެއަހަރު އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި އަގުތަކަށް ވުރެ އެތައް ގުނައެއް އިތުރަށް ބައެއް ކުންފުނިތަކުން ވަނީ ފައިސާ ނަގައިފަ އެވެ.
މިފަހަރު ޙައްޖަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހެޅީ 18 ކުންފުންޏަކުންނެވެ. އެ ކުންފުނިތަކުން ހުށަހެޅި އަގުތަކުގެ ތެރޭގައި ހިމެނެނީ 59965ރ އާއި 97000ރ ދެމެދުގެ އަގުތަކެކެވެ.
2016 ވަނަ އަހަރު ކުޑަ އަގުގައި އިސްލާމިކް މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހަޅުމަށްފަހު އާއްމު ރައްޔިތުން އަތުން އެތައް ގުނައެއް ބޮޑެތި އަގުތައް ނަގައިގެން މީހުން ޙއްޖަށް ގެންދިޔަ ކުންފުނިތަކުން މިފަހަރުވެސް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ގާތްގަނޑަކަށް އެ އަގުތަކުގައެވެ.
ޒައީ ގުރޫޕް
2016: 69975ރ
2019: 70000ރ
އެކްރޯ ޕްރައިވެޓް ލިމިޓެޑް
2016: 69975ރ
2019: 59965ރ
މިނާ ޙައްޖު އުމްރާ
2016: 69965ރ
2019: 69965ރ
އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ
2016: 69969ރ
2019: 69965ރ
ކުޑަ އަގުގައި ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކުން މާޒީގައި ކަންކޮށްފައިވާގޮތަށް ބަލާއިރު، ލައްކައަކުން މަތީ އަގުތައް އާއްމު ރައްޔިތުން އަތުން ނަގާފައިވަނީ މަކަރާ ހީލަތުގެ ތެރެއިންނެވެ. ޖާގަ ކަށަވަރު ކުރުމާއި، ޕެކޭޖް ހުސްވެފައިވާކަމަށް ބުނެ އަދި ފެންވަރު ރަނގަޅު ޚިދުމަތް ދިނުމުގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ އަގުތަކުގެ އިތުރަށް އެތައް ހާސް ރުފިޔާއެއް ނަގާފައިވަނޫ ނަގުދު ފައިސާއިންނެވެ.
މިއަހަރު ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް އަންނަ އާދީއްތަ ދުވަހު ކަނޑައެޅުމަށް ހަމަޖެހިފައިވާއިރު، ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުންނަށް އޮޅުވާލި އޮޅިވާލުންތައް ތަކުރާރު ނުވާނޭ ގޮތަށް ސަރުކާރުން ޢަމަލުކުރުމަކީ ދިވެހި ރައްޔިތުންގެ ހައްޤުގައިކުރަން ވަރަށްވެސް މުހިންމު ކަމެކެވެ.
ހިޔާލު
Sisilfarunves olhuvaalaigen nagaakamuge mauloomaathu libe
ކޮމެންޓް ކުރުން ބަންދު