މިދިޔަ ތިން ދުވަސްތެރޭ 446 ދިވެހިން ރާއްޖެ އަތުވެއްޖެ

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް 446 ދިވެހިން ރާއްޖެ އަތުވެއްޖެއެވެ.

ފޮރިންގ އެފެއާރޒްއިން ވިދާޅުވީ، ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ކޮންމެހެން އަންނަން ބޭނުންވާ މީހުންނަށް އެފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރަމުންދާކަމަށާއި، އެގޮތުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް 446 ދިވެހިން ރާއްޖެ އަތުވެއްޖެކަމަށެވެ.

ފޮރިންގ މިނިސްޓްރީއިން ވިދާޅުވި ގޮތުގައި، މިމުއްދަތުގައި މެލޭޝިއާއިން 373 ދިވެހިންވަނީ ރާއްޖެ އައިސްފައެވެ. އެއީ ޖޫން 15 ވަނަ ދުވަހު މެލޭޝިއާއިން އައި މޯލްޑިވިއަންގެ ފްލައިޓްގައި 198 ދިވެހިނާއި، ޖޫން 17 ވަނަ ދުވަހު މެލޭޝިއާއިން އައި މޯލްޑިވިއަންގެ ފްލައިޓްގައި 175 ދިވެހިން ނެވެ.

އަދި ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލާ އައި ފްލައިޓެއްގައި ޖޫން 16 ވަނަ ދުވަހު 54 ދިވެހިން އައިސްފައިވާއިރު، ޖޫން 17 ދުވަހުވެސް ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލާ އައި ފްލައިޓެއް 10 ދިވެހިން ރާއްޖެއައިސްފައިވާކަމަށް އެމިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.

ޖޫން 18 (މިއަދު) ދިއްލީ އިން އައި ފްލައިޓްގައި 2 ދިވެހިން އައިސްފައިވާއިރު، ން 16 ވަނަ ދުވަހު ނޭޕާލް އިން އައި ފްލައިޓްގައި 7 ދިވެހިން ރާއްޖެއަށް އައިސްފައިވާކަމަށްވެސް ފޮރިމްގ މިނިސްޓްރީއިންވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން ފޮރިންގ މިނިސްޓްރީއިން ވިދާޅުވީ، ރާއްޖެ އަންނަ ބޭނުންވެފައި ތިބި ދިވެހިން ރިޕަޓްރިއޭޝަން ފްލައިޓްތަކުން ޖާގަ ލިބުމުން އެފުރުސަތު ބޭނުން ނުހިފާކަން ފާހަގަކުރެވޭކަމަށެވެ. އަދި މިފަދަ ފުރުސަތު ތަކަކީ ބޭނުން އިރަކު ލިބޭނެ ފުރުސަތެއް ނޫންކަމުން، ފްލައިޓްތައް އޮންނަ ތާރީޚުތަކުގައި ރާއްޖެއަށް ވަޑައިގަންނަވަން ޖެހޭ ފަރާތްތަކުން ރާއްޖެއަށް ވަޑައިގަތުން އެދޭކަމަށްވެސް އެމިނިސްޓްރީއިން ވިދާޅުވިއެވެ.

އެގޮތުން އެމިނިސްޓްރީއިން ވިދާޅުވީ، އެންމެ ފަހުން ލަންކާއިން އައި ފްލައިޓްގައިވެސް ގިނަ އަދަދެއްގެ ހުސް ޖާގަ ހުރިކަމަށާއި، އެހެންނަމަވެސް އަނެއްކާވެސް އަނބުރާ އަންނަން ބޭނުންވެގެން ލަންކާގައި ތިބި ބައެއް ދިވެހިން މިހާރުވެސް އަންނަމުން ދާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ