ބޭރުގެ ބައެއް ޤައުމުތަކަށް ސަފީރުން ކަނޑައެޅުމަށް ބޭފުޅުންގެ ނަންތަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހުރިއްޔާ ފޮނުއްވައިފިއެވެ.
އެގޮތުން ފޮރިންގ މިނިސްޓްރީއިން މަޖިލީހަށް ނަންތައް ފޮނުއްވި ބޭފުޅުންނަކީ:
1. ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އައިމިނަތު ޝަބީނާ (މިހާރު އިންޑިއާގައި ހުންނަ ދިވެހި އެކްޓިންގ ހައިކޮމިޝަނަރ)
- ފޮރިން ސަރވިސްގައި 26 އަހަރު. މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައި
2. އިންޑިއާއަށް ކަނޑައަޅުއްވާ ރާއްޖޭގެ ސަފީރުކަމަށް ޑރ. ހުސެން ނިޔާޒް (މިހާރު ޔޫ.އޭ.އީގައި މިހާރު ހުންނަވާ ދިވެހި ސަފީރު)
- ފޮރިން ސަރވިސްގައި 14 އަހަރާ 8 މަސް. ޕީއެޗްޑީ ހާސިލްކުރައްވާފައި
3. ބަންގްލަދޭޝްއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޝިރުޒިމަތު ސަމީރު (މިހާރު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ މިހާރުގެ އެޑިޝަނަލް ސެކްރެޓަރީ)
- ފޮރިން ސަރވިސްގައި 12 އަހަރާ 3 މަސް. މާސްޓަރސް އިން ސޯޝަލް ސައިންސް ހާސިލްކުރައްވާފައި
4. ޕާކިސްތާނަށް ކަނޑައަޅުއްވާ ދިވެހރާއްޖޭގެ ސަފީރުކަމަށް ފަރްޒާނާ ޒާހިރު (މިހާރު ނިއުޔޯކްގައި ހުންނަ އދއަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި ހުންނަވާ ދާއިމީ މަންދޫބުގެ ނައިބު)
- ފޮރިން ސަރވިސްގައި 19 އަހަރާ 5 މަސް. މާސްޓަރސް އިން ޑިވެލޮޕްމެންޓް ސްޓަޑީޒް ހާސިލްލުރައްވާފައި
5. ސްވިޓްޒަލެންޑްގެ ޖެނީވާގައި ހުންނަ އދގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ދާއިމީ މަންދޫބުކަމަށް ޑރ. އާސިމް އަހްމަދު (މިހާރު ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް)
- ފޮރިން ސަރވިސްގައި 1 އަހަރާ 3 މަސް. ޔުނިސެފް/އައި.އެލް.އޯ-ޔޫއެން އެސްކެޕްގައި މަސައްކަތްކުރެއްވި. ޕީއެޗްޑީ ހާސިލްކުރައްވާފައި
އެމިނިސްޓްރީއިން ވިދާޅުވި ގޮތުގައި މަގާމަށް އައްޔަންކުރުމަށް މިއަދު ނަން ފޮނުއްވި ހުރިހާ ބޭފުޅުންނަކީވެސް މިހާރުވެސް ފޮރިން ސަރވިސްގައި މަސައްކަތްކުރައްވާ ކެރިއަރ ޑިޕްލޮމެޓުންނެވެ. އަދި އަލަށް އައްޔަންކުރެވޭ ސަފީރުންނާއެކު ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންގެ ތެރޭގައި މިންތީގެ ހަމަހަމަކަން އުފެދިގެންދާނެކަމަށާއި، އެގޮތުން 9 ބޭފުޅުންނަކީ އަންހެން ބޭފުޅުންނަށް އަދި 9 ބޭފުޅުންނަކީ ފިރިހެން ބޭފުޅުންނަށް ވާނެކަމަށްވެސް ފޮރިންގ މިނިސްޓްރީއިން ވިދާޅުވިއެވެ.
އެގޮތުން އެމިނިސްޓްރީއިން ވިދާޅުވީ، އަންހެން ބޭފުޅުން މިޝަންތަކުގެ އިސްވެރިންގެ ގޮތުގައި ދެން ތިއްބަވާނީ ޕާކިސްތާން، މެލޭޝިއާ، ޗައިނާ، ބަންގްލަދޭޝް، ޔޫއޭއީ، އިނގިރޭސިވިލާތް މި ގައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންގެ ގޮތުގަޔާއި، ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލް ޖެނެރަލް އާއި، ނިއުޔޯކްގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ އިތުރުން ތައިލެންޑްގައި ހުންނަ ޔޫއެން އެސްކެޕް އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ގޮތުގައިކަމަށެވެ.
3 out of 5 nominated today, as Heads of diplomatic Missions are women. Once appointed, Maldives Foreign Service will have gender parity among its HOMs for the first time in the history of our diplomatic service. For us to excel, equal participation of women & men is crucial.
— Abdulla Shahid (@abdulla_shahid) June 24, 2020