ކްރެޑިޓް ކާޑުތަކުގެ ލިމިޓްވެސް ކުޑަކޮށް ރައްޔިތުންނަށް ބީއެމްއެލްއިން ދަތިކޮށްފި!

ދިވެހީންގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވިސާ ކްރެޑިޓް ގޯލްޑް ކާޑުތަކަށް ދޫކޮށްފައިވާ ލިމިޓް ބޮޑުތަނުން ކުޑަކޮށްފިއެވެ.

މިނޫހާ މަޢުލޫމާތު ހިއްސާކުރި ބީއެމްއެލްގެ ބައެއް ކަސްޓަމަރުން ބުނީ، އެ ކަސްޓަމަރުންގެ ވިސާ ގޯލްޑް ކްރެޑިޓް ކާޑު އިއްޔެއިން ފެށިގެން ލިމިޓްކޮށްފައިވާ ކަމަށެވެ. އެއީ އިއްޔެ އަމަލުކުރަންފެށި އުޞޫލެއް ކަމަށް އެ ކަސްޓަމަރުންނަށް ބީއެމްއެލް ކާޑު ސެންޓަރުގެ ކަސްޓަމަރ ކެއަރ އިން ބުނެފައިވާ ކަމަށްވެސް ކަސްޓަމަރުން ބުނެފައިވެއެވެ.

މީގެ ކުރިން ބީއެމްއެލް އިން އަމަލުކުރަމުން އައި އުޞޫލަކީ ކަސްޓަމަރުގެ ކްރެޑިޓް ކާޑުގެ ފުރިހަމަ ލިމިޓް ކަސްޓަމަރު އެދިލެއްވުމުން ދޫކުރުމެވެ. އަދި މީގެކުރިން ލިމިޓް ހަމަވެގެން ކާޑު ބޭނުން ނުކުރެވިފައި ހުންނަން ނުޖެހޭކަމަށް ކަސްޓަމަރުން ބުނެއެވެ.

މިކަމާ ގުޅިގެން މިނޫހާ ވާހަކަދެއްކި ބީއެމްއެލްގެ ކަސްޓަމަރުން ބުނީ، އިއްޔެއިން ފެށިގެން ކާޑަށް ލިބެނީ ޑެއިލީ ލިމިޓް ކަމަށާއި، ކާޑުގެ ފުލް ލިމިޓް ކުރިއަށް އޮތްތަނުގައި ބޭނުން ނުކުރެވޭނެ ކަމަށެވެ.

މި ބަދަލަކީ އެ ބޭންކުގެ ކަސްޓަމަރުންނަށް އެއްވެސް ވަރަކަށް އެންގުމަކާ ނުލައި ބޭންކުން ގެނެސްފައިވާ ބަދަލެކެވެ. މި ބަދަލުގެ ސަބަބުން ބޮޑެތި ކްރެޑިޓް ކާޑު ބޭނުންކުރާ ކުދި ވިޔަފާރިތަކަށާއި، އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރިތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މިކަމާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
43313
ގުޅުންހުރި ލިޔުންތައް

3 Responses

  1. ޖާބިރު

    ރައްޔިތުން ފެލާ ބޭންކު.

    2
    1
  2. ޖަމީލު

    “ފެށުން “ ފެލިފެލި ތިބެންޖެހޭނީ

    9
    20
    • ޔައުގޫބު

      ކަލޭގެ ގޭގެ ވަޅުން ބާލިދީޖަހާފަ ނަގާތީތަ ކަލޭ ނުފެލި ހުންނަނީ؟ މާދަމާ އެންމެ އަޑުހަރުކޮށް ފެލޭނީވެސް ކަލޭ.

      25
      4
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ