ދިއްފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

ކ.ދިއްފުށީ ފަޅުގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ކ.ދިއްފުށީ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި، މި ހާދިސާގެ ރިޕޯޓް އެ ސަރވިސް އަށް ލިބިފައިވަނީ މިރޭ މެންދަމު 01:18 ގައި ކަމަށެވެ.

ލޯންޗުގައި ރޯވެ އަނދަނީ - ފޮޓޯ: މީސްމީޑިއާ

ފުލުހުން ވިދާޅުވީ، ބުދަ ދުވަހުގެ ރޭ 1:13 ހާއިރު އެ ރަށުގެ ފަޅުގައި އޮތް ކުޑަ ޑިންގީއެއްގައި ރޯކޮށްލާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އެ މައުލޫމާތު ލިބުމާ އެކު ފުލުހުން އެ ސަރަހައްދަށް ގޮސް އެމްއެންޑީއެފް ފަޔަރއަށް ވެސް މައުލޫމާތު ދީފައިވާ ކަމަށެވެ.

ރޯކޮށްލާފައި ވަނީ ޑިންގީގެ ކުރީކޮޅުގައި ކަމަށާއި، މި އަލިފާނުގެ ސަބަބުން ޑިންގީ އައްސާފައި އޮތްވާ ކަނޑައިގެން ގޮސްފަޅުގެ ވަރަށް ބޭރަށް އޮޔާ ދިޔަ ކަމަށާއި، ނަމަވެސް ޑިންގީ އަބުރާ ބަނދަރާ ހަމައަށް ގެނެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިތުރަށް ފުލުހުން ވިދާޅުވީ، އެ ޑިންގީގެ 60 އިންސައްތަ އަނދާފައިވާ ކަމަށާއި، ޑިންގީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ޔަމަހާ އައުޓްބޯޑް އިންޖީނެއް އަޅާފަ އޮތް ނުވަ ފޫޓްގެ އެ ޑިންގީއަކީ ރަޖިސްޓްރީ ނުކޮށް އޮތް ޑިންގީއެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ