އައިމިނަތު ނާދިރާ - ފޮޓޯ: ސަން

ކޮންމެ ބޭފުޅަކު ރައީސްކަމަށް ގެނަޔަސް ވައުދު ފުއްދޭނެ - ނާދިރާ

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވި ކޮންމެ ބޭފުޅަކު މަޖިލީހުގެ ރައީސް ކަމަށް ގެންނެވި ނަމަވެސް ރައްޔިތުންނަށް ވީ ވައުދު ފުއްދޭނެކަމަށް އެމްއާރުއެމްގައި އިސްކޮށް ހަރަކާތްތެރިވާ، ގަލޮޅު ދެކުނު ދާއިރާއަށް މަޢުމޫންގެ ތާއީދާއެކު ވާދަކުރެއްވި އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވާ ހުރިހާ މެންބަރުންވެސް ކެމްޕޭނުގައި ވިއްކީ "އެޖެންޑާ 19" ކަމަށާއި، ޚިޔާލު ތަފާތުވީ ނަމަވެސް ރައްޔިތުންނަށް ވީ ވައުދު ފުއްދޭނެ މެޖޯރިޓީ އެމްޑީޕީއަށް ރައްޔިތުން ދީފައިވާ ކަމަށެވެ.

"އެމްޕީ ރޮޒޭނާ ވިޔަސް، އެމްޕީ އަސްލަމް ވިޔަސް، އެމްޕީ އަފީފް ވިޔަސް ވާނީ އެމްޑީޕީ މެންބަރުންނަށް. އެޖެންޑާ 19 ނުވިއްކާ އެންމެ ކެންޑިޑޭޓެއްވެސް އެމްޑީޕީއަކުން ނުހޮވޭ. ޚިޔާލު ތަފާތުވިޔަސް ރައްޔިތުންނަށް ވީ ވައުދު ފުއްދޭނެ މެޖޯރިޓީ އެމްޑީޕީއަށް ރައްޔިތުން ދިން. ވީމާ ތީ މާބޮޑު ކަމަކަށް ނުފެނޭ." ނާދިރާ ވިދާޅުވިއެވެ.

ނާދިމާ މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ބައެއް މީސްމީޑިއާ އެކްޓިވިސްޓުން ގެންދަނީ އަފީފް މަޖިލިސް ރައީސްކަމަށް ގެނައުމާ ދެކޮޅަށް މީސްމީޑިއާގައި ކެމްޕޭން ކުރަމުންނެވެ. ނާދިމާގެ މި ވާހަކަތަކަށް ރައްދު ދެއްވައި އެކްޓިވިސްޓަކު ބުނެފައިވަނީ "އަފީފް ނޫން ގޮތެއް" ބޭނުންވާ ކަމަށެވެ.

އެކްޓިވިސްޓުންގެ އެންޓި ކެމްޕޭނަށް ރައްދު ދެއްވައި ނާދިރާ ވިދާޅުވީ، ބޭނުންފުޅުވަނީ މަޖިލީހުގެ ރައީސަކަށް މެންބަރު އީވާ ނުވަތަ ރޮޒެއިނާ ގެންނަވަން ކަމަށާއި، ނަމަވެސް އެމްޑީޕީން އެ ދެ ކަނބަލުންގެ ނަން ނުކިޔާ ކަމަށެވެ.އެހެންކަމުން ކޮންމެ ބޭފުޅަކު ރައީސަކަމަށް ވަޑައިގެންނެވި ނަމަވެސް އެންމެ ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ ހޯމަ ދުވަހު މަޖިލިސްގެ މަޤާމުތަކަށް ގެންނާނެ ފަރާތްތައް އެމްޑީޕީން ނިންމުމަށް ހަމަޖެހިފައިވާއިރު، އެކަމުގެ ބަހުސްތައް ވަނީ ފޯރި ގަދަވެފައެވެ. ރައީސް ޞޯލިޙް ތާއީދުކުރައްވަނީ އަފީފްއަށް ކަމަށް ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ތާއީދު ކުރައްވަނީ އަސްލަމް އަށް ކަމަށް އަޑުތައް ފެތުރިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އިބުރާހިމް އައިކު އިއްބެ

    ގައުމީ މަސްލަހަތު އިސްކުރީމާ ރަގަޅު
    ވާނެ؛

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ